Advertisement
ކ. މާލެ
|
11 މެއި 2024 | ހޮނިހިރު 13:18
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
ރާއްޖެއެމްވީ
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
މަޤްސަދަކީ ވިޔަފާރިތައް ކުރިއަރުވައި، އިތުރަށް ބާރުވެރިކުރުން: ބީސީސީ
އެކި ދާއިރާތަކުގައި ވިޔަފާރި ކުރަމުންދާ ފަރާތްތައް ބާރުވެރި ކުރުވުމަށްވެސް ބީސީސީން މަަސައްކަތްތައް ކުރަމުންދޭ
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކްރިއޭޓަރ ހަބްތައް ޤާއިމު ކުރުމަށް މަސައްކަތް ކުރަމުންދޭ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މަޤްސަދަކީ ވިޔަފާރިތައް ކުރިއަރުވައި، އިތުރަށް ބާރުވެރިކުރުންކަމަަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބީސީސީގެ ސީނިއަރ މެނޭޖަރ ޕްރޮޖެކްޓްސް، މުހައްމަދު އީމާން އަހުމަދު ވިދާޅުވީ، އިޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރަމުންދާ ފަރާތްތަކުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ކަންކަން ކުރަމުންދާކަމަށެވެ.

އޭގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކްރިއޭޓަރ ހަބްތައް ޤާއިމު ކުރުމާއި، ފެކްޓަރީ ޤާއިމު ކުރުމާއި، ޕެކޭޖިންގ ފެސިލިޓީ ޤާއިމު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

Advertisement

އީމާން ވިދާޅުވީ، ވަކިވަކި ދާއިރާތަކުން މަސައްކަތްކުރާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާތައްވެސް މި މަސައްކަތްތަކުގައި ހޯދަމުންދާކަމަށެވެ. މިހާރުވެސް ބީސީސީގެ ސަރަޙައްދީ ބިޒްނަސް ސެންޓަރުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުވެފައިވާކަމަށް އީމާން ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޮންސަލްޓެންސީގެ ޚިދުމަތާއި، ތަފާތު ޓްރެއިނިންގ އަދި އެކި ދާއިރާތަކުގައި ވިޔަފާރި ކުރަމުންދާ ފަރާތްތައް ބާރުވެރި ކުރުވުމަށްވެސް ބީސީސީން މަަސައްކަތްތައް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ބީސީސީގެ މަޤްސަދަކީ އެފަދަ ވިޔަފާރިތައް ކުރިއަރުވައި، އިތުރަށް ބާރުވެރިކުރުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް