ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 08:48
ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް
ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް
ގޫގުލް
އަމީން ފައިސަލް ޝަރީއަތް
އަމީން ފައިސަލްގެ ޝަރީއަތް: ދިފާއީ ހެކިބަސް ނެގުން މިއަދު!
ރައީސް ޔާމީން އާރަށުގައި އެކަހެރި ކުރި މައްސަލަ
ދިފާއީ ހެކިންގެ ގޮތުގައި ޒުބައިރާއި މޫސާ އަލީ ޖަލީލް
ދައުލަތުން ހުށަހެޅީ ތިން ހެކިން

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަމުގައި ރައީސް އަބްދުﷲ ޔާމީން ހުންނަވަނިކޮށް، އާރަށުގައި ބަންދުކުރި މައްސަލާގައި، އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގައި  ދިފާއީ ހެކި ބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

ދިފާއީ ހެކި ބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 11:00 އަށެވެ.

ދިފާއީ ހެކި ބަސް ނެގުމަށް ބުރާސްފަތި ދުވަހަށް ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް، އެހެން ދުވަހެއްގެ އަޑުއެހުމެއްގައި ހެކި ބަސް ދިނުމަށް ހެއްކަކު އެދުމުން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

އަމީން ފައިސަލްގެ ދިފާއީ ހެކީންގެ ގޮތުގައި ހުށަހަޅާފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި، އެއިރު އެމްއެންޑީއެފްގެ ލީގަލް ހެޑަކަށް ހުންނެވި ލެފްޓިނަންޓް ކާނަލް ޒުބައިރު އަހުމަދު މަނިކު އެވެ.

މޫސާ އަލީ ޖަލީލު ހެއްކެއްގެ ގޮތުގައި ހުށަހެޅީ، އެ ހާދިސާގެ ގިނަ މައުލޫމާތިތަކެއް އޭނާއަށް އެނގިވަޑައިގަންނަވާނެތީއެވެ. ޒުބައިރު ހާޒިރުކުރަނީ އެ މައްސަލައިގައި ރައީސް ޔާމީނަށް ހިމާޔަތް ދިނުމަށްކުރި ކަންތައްތަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަންތައްތަކެއްތޯ ބެލުމަށެވެ.

މީގެ އިތުރުން، އެ މައްސަލައާ ގުޅިގެން ޝަރީއަތަށް ބައެއް ކަންކަން ސާފުކޮށްދިނުމަށް ރައީސް ޔާމީން ހާޒިރުކޮށްދިނުމަށް ވެސް އަމީން ފައިސަލްގެ ފަރާތުން އެދިފައިވެއެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކީންގެ ހެކި ބަސް ނަގާ މިހާރު ވަނީ ނިމިފަ އެވެ. ދައުލަތުން ހުށަހެޅި ތިން ހެކިންގެ ތެރެއިން ދެ ހެކިން ވަނީ ސިއްރުކޮށްފަ އެވެ. ސިއްރު ހެކިންގެ ތެރެއިން އެކަކު ހެކި ބަސް ދިނުމަށް އިއުތިރާޒް ކުރިއިރު، ފާޅުގައި ހެކި ބަސް ދީފައި ވަނީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު އެވެ.

އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ހިމާޔަތް ދިނުމަށް ކަމަށް ބުނެ އާރަށުގައި ބެހެއްޓި މައްސަލައިގަ އެވެ. ނަމަވެސް އެ ދައުވާއަށް އަމީން ފައިސަލް ވަނީ އިންކާރުކުރައްވާފަ އެވެ.

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމުގެ ދައުވާ ވަނީ އުފުލާފަ އެވެ. ރައީސް ނަޝީދުގެ މައްޗަށް ފެބްރުއަރީ 27 ވަނަ ދުވަހު ދައުވާ އުފުލިއިރު، ދެ ދުވަހެއްގެ މަތިން އަޑުއެހުން ތާވަލުކުރި އެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ހުންނެވި ރައީސް ނަޝިދާ ޗިޓް ހަވާލުނުކުރެވިގެން އަޑުއެހުންތައް ވަނީ ކެންސަލް ކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް