ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 09:26
ކުނޫޒް ޖަލްސާ
ކުނޫޒް ޖަލްސާ
ސިމާހާ ނަސީމް
ކުނޫޒު ޖަލްސާ
ރައީސް މަގާމުން ދުރުކުރަން މަސައްކަތްކުރުމަކީ ކުށެއް ނޫން: އަމީން
ވެރިކަމުގައިހުންނަވާ ބޭފުޅަކު މަޤާމުން ދުރުކުރުމުގެ ބާރަކީ ރައްޔިތުން މަޖިލީހަށް ލިބިފައިވާ ބާރެއް
ފެންނަނަނީ ޒަމާނަށް ފެތިފައިވާ މާހައުލެއްގައި އޮތް ޤާނޫނު އަސާސީއަކާ އެއްކޮށް މަސައްކަތްކުރުމުގެ ތަޖުރިބާ ނެތް މަންޒަރު

ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު މަޤާމުން ދުރުކުރުމުގެ ބާރަކީ ރައްޔިތުން މަޖިލީހަށް ލިބިފައިވާ މުހިންމު ބާރުތަކުގެ ތެރެއިން ބާރެއް ކަމަށާއި ބާރުގެ ބޭނުން ހިފުމަށްޓަކައި ކުރާ މަސައްކަތަކީ ޤާނޫނާ ހިލާފު މަސައްކަތެއް ނޫން ކަމަށް 2013 ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ކެމްޕޭން އޭޖަންޓް އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި މިވަގުތު އަމަލުކުރަމުންދާ ޤާނޫނު އަސާސީއަށް ނުވަ އަހަރު ފުރުން ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން ހޯމަ ދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ވެރިކަމުގައި ހުންނަ ފަރާތެއް ވެރިކަމުން ދުރުކުރުމަށް މަސައްކަތްކުރުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި އެކަން ކުރެވޭނެ ގޮތްތައް ގާނޫނުއަސާސީގައި އެބަހުރި ކަމަށެވެ. އަދި އެއީ ކުށަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދަދު ހަމަވެއްޖެ ކަމަށާއި ވައްޓާލަންޖެހޭ ކަންތައްތައް ޝައްކެއް ނެތް ގޮތުގައި ވައްޓާލެވޭނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރައީސް މަޤާމުން ދުރުކުރުމަށް ވާހަކަ ދައްކާ ހިސާބުން ސަރުކާރު ވައްޓާލަން މަސައްކަތްކުރާ މީހެއްގެ ގޮތުގައި ދަޢުލަތުން ދަޢުވާކުރުމަށްޓަކައި ދަޢުލަތުގެ އެކި މުއައްސަސާތަކުން ހަތިޔާރު ނަގައި ތައްޔާރަށް ތިބޭ ކަމަށެވެ.

އަމީން ވިދާޅުވީ ޒަމާނަށް ފެތިފައިވާ މާހައުލެއްގައި އޮތް ޤާނޫނު އަސާސީއަކާ އެއްކޮށް މަސައްކަތްކުރުމުގެ ތަޖުރިބާ ނެތް މަންޒަރު ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިގެންދިޔަ ކަމަށެވެ.

މިހާރު އޮތް ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވި ދުވަހު ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވި ފަދައިން މި ޤާނޫނު އަސާސީއަކީ އެތައް ޒަމާނަކަށް ދިވެހި ޤައުމު ބަދަލުކޮށްދޭނެ ޤާނޫނު އަސާސީއެއް ކަމަށާއި އެމީހަކު ނަގަންޖެހޭ ފަރުދީ ޒިންމާ ބަރާބަރަށް ނަގައިފި ކަމުގައި ވާނަމަ، ޤާނޫނު އަސާސީ އާއި އެއްގޮތަށް އަމަލުކުރެވޭ ސަރުކާރެއް ނުވަތަ ވެރިކަމެއް ދިވެހިރާއްޖޭގައި ޤާއިމު ކުރެވިގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ޢަދުލު އިންސާފުގެ ބާރު ފިޔަވައި އެހެން ހުރިހާ ބާރަކީ ވަކި މުއްދަތު ކަނޑައެޅިގެންވާ ބާރުތަކެއް ކަމަށާއި އަދި ހުރިހާ އެންމެންގެ ވެސް އުންމީދަކީ ޤާނޫނު އަސާސިން ހަޤީޤީ ބާރު ލިބިގެންދިޔުން ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ ހިތްވަރާއި ރާއްޖޭގެ ރައްޔިތުން ޤާނޫނު އަސާސީ ނެގެހެއްޓުމަށްޓަކައި ފާޅުކުރާ ޝުޢޫރުތަކަށް ބަލައިފި ނަމަ ކަށަވަރުވެގެންދަނީ ޤާނޫނު އަސާސީ އަނބުރާ އިޔާދަކުރެވޭނެކަން ކަމަށް އަމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
8 އޯގަސްޓް 2017 | އަންގާރަ 09:29
wad
hisaabahvure kantgah boduveema raeehakas maqaamun dhurukuran jehe