ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 00:58
 ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން  ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ސިމާހާ ނަސީމް
ކުނޫޒް ޖަލްސާ
މީހާ ވިސްނާ ގޮތް މީހާ ދެކޭ ގޮތް ބަޔާންކުރުމަކީ ބަޣާވާތެއް ކަމަށް ބެލިގެން ނުވާނެ : ކަމާލުއްދީން
ދަޢުލަތުގެ ކަންތައްތައް މިހާ ދަށް ފެންވަރަކަށް ވެއްޓިފައި އޮތް ދުވަސްވަރެއް ފެނިފައެއް ނެތް
ކޮންމެ މަޤާމެއްގައި ހުރި މީހަކުވެސް ކުށެއް ކޮށްފިނަމަ ކުށްވެރި ވެގެންދާނެ
ތަރައްޤީގެ ހަޤީޤީ މަންފާ ރައްޔިތުންނަށް ލިބިގެންދާނީ ރައްޔިތުން ދިރިއުޅޭ ރަށްތަކަށްވެސް އެ ބާރުވެރިކަމާއި ތަރައްޤީ އެއްވަރަކަށް ބެހިގެން

މީހާ ވިސްނާ ގޮތް މީހާ ދެކޭ ގޮތް ބަޔާން ކުރުމަކީ ބަޣާވާތެއް ކަމަށް ބެލިގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.   

ހޯމަ ދުވަހުގެރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާފަންނު ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކަމާލުއްދީން ވިދާޅުވީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޤާނޫނު އަސާސީއެއް އުފެއްދިގެން ދިޔައީ މީގެ 85 އަހަރު ކުރިން ކަމަށާއި 2008 ވަނަ އަހަރުގެ ޤާނޫނު އަސާސީ އަކީ ރައްޔިތުންގެ ޙާއްސަ މަޖިލީސް އިން   ރައްޔިތުންގެ ޙިޔާލުތަކުގެ މައްޗަށް ބިނާ ކޮށްފައިވާ  ޤާނޫނު އަސާސީއެއް ކަމަށެވެ. އަދި ހަޤީޤީ ތަރައްޤީގެ މަންފާ ރައްޔިތުންނަށް ހަމައެކަނި ކުރާނީ ރައްޔިތުން ބާރު ވެރި ކުރުވައިގެން ނޫން ކަމަށާއި ތަރައްޤީގެ ހަޤީޤީ މަންފާ ރައްޔިތުންނަށް ލިބިގެންދާނީ ރައްޔިތުން ދިރިއުޅޭ ރަށްތަކަށް ވެސް އެ ބާރުވެރިކަމާއި ތަރައްޤީ އެއްވަރަކަށް ބެހިގެން ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.

މިހާރު އޮތް ޤާނޫނު އަސާސީގެ އެންމެ ޙާއްސަ ތިން ސިފައަކީ ރައްޔިތުންގެ އަސާސީ ހައްޤުތަކާއި އަސާސީ މިނިވަންކަން ބަޔާންކުރެވިފައި އޮތުމާއި ތިން ބާރު ވަކިކުރެވޭ ނިޒާމެއް ފުރިހަމަކޮށް ބަޔާންކުރެވިފައި އޮތުމާއި އަދި ލާމަރުކަޒީ އުސޫލުން ދަޢުލަތް ހިންގުމުގެ ބާރު ބަޔާންކުރެވިފައި އޮތުންކަމަށް ވިދާޅުވިއެވެ.  އަދި ތިން ބާރު ވަކި ކުރުމުގެ އުސޫލު ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިރު އޭގެ މާނައަކީ ކޮންމެ ބާރަކުން ހިތަށް އެރިގޮތަކަށް ކަންތައްތައް ކުރުން ނޫން ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޙަޔާތުގައި ވިސްނާލާ އިރު ދަޢުލަތުގެ ކަންތައްތައް މިހާ ދަށް ފެންވަރަކަށް  ވެއްޓިފައި އޮތް ދުވަސްވަރެއް އަޅުގަނޑަކަށް ފެނިފައެއް ނެތް. އަދި އަޅުގަނޑު އަހާފަވެސް ނެތް ދަޢުލަތުގެ ކަންތައްތައް މިހާ ދަށް ފެންވަރެއްގައި އަދި އިވިފައެއްވެސް ނެތް. އެހެންވީމަ މި ޙާލަތުން ދަޢުލަތް ނެރެ އެހެން ޙާލަތަކަށް ދަޢުލަތް ގެނެވޭތޯ ބަލަން އަޅުގަނޑުމެން ހުރިހާ އެންމެން ވެސް ތިބީ ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފަ" ކަމާލުއްދީން ވިދާޅުވިއެވެ.

ކޮންމެ މަޤާމެއްގައި ހުރި މީހަކުވެސް ކުށެއް ކޮށްފިނަމަ ކުށްވެރި ވެގެންދާނެ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ޗައިނާގެ ފަލްސަފާވެރިއަކު ބުނެފައިވާ ގޮތުން ވަރުގަދަ މޮޅު ޤައުމެއްގެ ސަރުކާރެއް ހިންގުމަކީ ކުޑަ ކުޑަ މަހެއް ކައްކާލުން ފަދަ ކަމެއް ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ. އަދި މާބޮޑަށް މަސް ކައްކަން އުޅެފިނަމަ އެ މަސް ހަލާކުވެގެންދާނެ ކަމަށް ވިދާޅުވިއެވެ..

ކަމާލުއްދީން އިތުރަށް ވިދާޅުވީ ދެ ކަމެއް ރަގަޅު ކޮށްފިނަމަ މުޅި މާހައުލު ބަދަލުވެގެންދާނެ ކަމަށާއި އެ ދެކަމަކީ ޢަދުލު އިންސާފު ޤާއިމްކުރުމާއި ހުރިހާ އެންމެން ވެސް ބައިވެރިކޮށްގެން ކަންތައްތައް ކުރިއަށް ގެންދިއުމުގެ ސިޔާސަތު ކުރިއަށް ނެރުންކަމަށެވެ.    

        

     

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް