ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 13:53
އުމަރު ޒާހިރު އޮފީސް އިމާރާތް
އުމަރު ޒާހިރު އޮފީސް އިމާރާތް
ރައީސް އޮފީސް
މޮރޮކަން ސްކޮލަރޝިޕް
މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
 
ކޯސްތަކަށް ކުރިމަތިލުމަށް 20 ފުރުސަތު ހުޅުވާލެވިފައިވޭ
 
ސުންގަޑިއަކީ 14 މެއި 2024 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން

މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީން ކުރިއިއުލާނެއްގައިބުނީ، މި ކޯސްތަކަށް ކުރިމަތިލުމަށް 20 ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.

މި ސްކޮލަރޝިޕަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެ ކަމަށާއި، އަދި ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކޯސް ފީ ވަނީ ހިލޭހަމަޖެހިފައެވެ. އަދި އެލަވަންސްއެއްގެ ގޮތުގައި ކޮންމެ މަހަކު 750 ދިރްހަމް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. ރެޖިސްޓްރޭޝަންފީ، ޓްރާންސްޕޯޓް ފަދަ އިތުރު ޚަރަދުތައް ހަމަޖައްސަންވާނީ ދަރިވަރު އަމިއްލައަށްކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތުން މި ސްކޮލަރޝިޕްގެ އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވަނީ ވަރަށް ކުޑަ މުއްދަތެކެވެ. އެހެންކަމުން، މި އިޢުލާނަށް އެޕްލިކޭޝަން ހުށަހެޅުމަށް ދެވޭ ސުންގަޑި ކުރު ކުރަން ޖެހުނު ކަމަށެވެ. އެގޮތުން ސުންގަޑިއަކީ 14 މެއި 2024 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް