ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 23:21
ހުސްނުއް ސުއޫދު
ހުސްނުއް ސުއޫދު
ޓްވިޓަރ
ހުސްނުއް ސުއޫދު
ފަނޑިޔާރުން ގާނޫނު އަސާސީ ބަދަލު ކޮށްފި: ސުއޫދު
ރައްޔިތުން ވަރަށް ގިނަ އުންމީދުތަކެއް މިހާރު އޮތް ގާނޫނު އަސާސީއާއި ގުޅިފައިވޭ
ގާނޫނު އަސާސީ ވަނީ ފުރޭނިއަކަށް ހަދާފައި

މިހާރު އަމަލު ކުރެވެމުންދާ ފެހި ގާނޫނު އަސާސީއަށް ފަނޑިޔާރުން ބަދަލު ގެނެސްފި ކަމަށާ އެހެން ނަމަވެސް ފަނޑިޔާރުންނަށް  މިހާރު އޮތް ގާނޫނު އަސާސީން ހަވާލުކުރި ޒިންމާއަކީ އަދުލު އިންސާފު ގާއިމް ކުރުން ކަމަށް މަޝްހޫރު ގާނޫނު ވަކީލު އަލްއުސްތާޒް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ. ސުއޫދު އެހެން ވިދާޅުވީ  މިހާރު އަމަލު ކުރެވެމުންދާ  ގާނޫނު އަސާސީއަށް ނުވަ އަހަރު ފުރުން ފާހަގަ ކުރުމަށް އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ސުއޫދު ވިދާޅުވީ މިހާރު އޮތް ގާނޫނު އަސާސީގައި ފަނޑިޔާރުން އުމުރު ދުވަހަށް މަގާމުގައި ބައިތިއްބައިގެންވެސް އަދުލު އިންސާފު ގާއިމް ކޮށްދިނުމަށް އޭރު ގާނޫނު އަސާސީ ހެދި ފަރާތްތަކުގެ ވިސްނުން ހުރުމުން އެގޮތަށް ލިޔުނީ ކަމަށެވެ.

 ސުއޫދު ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލް އަކީ މިނިވަންކަމާއެކު މަސައްކަތް ކުރައްވަން ޖެހޭ ފަރާތަކަށް ވާއިރު ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ. އެގޮތުން ސުއޫދު ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވަނީ ހަމަ އެކަނި ޓެރަރިޒަމް ގާނޫނު ކަމަށެވެ. އަދި އެގާނޫނުގެ ދަށުން އިދިކޮޅު އެންމެންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާ މަންޒަރު ފެންނަ ކަމަށެވެ.

ގާނޫނު އަސާސީ އެކުލަވައިލި އިރު ރާއްޖޭގެ ވެރިކަން ހުދުމުހްތާރު ވެރިކަމަކަށް ބަދަލު ވުމަށް ޖާގަ ނުދިނުމަކީ ކުރެވުނު އުންމީދެއް ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އަސާސީ ހައްގުތައް ކޯޓުތައް މެދުވެރިކޮށް ތަންފީޒު ކުރެވޭނެ ކަމަށް އުންމީދު ކުރެއްވި ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ގާނޫނު އަސާސީ ލިޔަމުން ދިޔައިރު ގިނަ މުޒާހަރާތަކެއް ކުރި ކަމަށާ އޭރު މުޒާހަރާ ކުރި މީހުން ވެސް އެދުނީ ބާރުތައް ވަކިވެފައިވާ ނިޒާމެއް އޮތުމަށް ކަމަށެވެ. އެހެން ނަމަވެސް ގާނޫނު އަސާސީ ހިންގަން މިހާ ނުބައި ބަޔަކު ހަވާލުވާނެ ކަމަށް ހީފުޅުވެސް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. 
ީ 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް