ކ. މާލެ
|
6 މެއި 2024 | ހޯމަ 20:57
އިޒްރޭލުން ރަފާއަށް އަރަން އުޅޭތީ އެކަމާ އދ އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައިވޭ
އިޒްރޭލުން ރަފާއަށް އަރަން އުޅޭތީ އެކަމާ އދ އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައިވޭ
ރޮއިޓާސް
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
ރަފާ އަށް އެރުން އިޒްރޭލަށް ޕިކްނިކަކަށް ނުވާނެ: ހަމާސް
 
ހަމާސްގެ ވަރުގަދަ ބަސްތައް އިޒްރޭލަށް އަމާޒްކުރީ އިރުމަތީ ރަފާގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުން އެތަން ދޫކޮށް އެ ސަރަހައްދު ހުސްކުރުމަށް އިޒްރޭލުން އެންގުމާ ގުޅިގެން

ރަފާ އަށް އިޒްރޭލް ސިފައިން އެރުން ޕިކްނިކަކަށް ނުވާނެ ކަމަށް ހަމާސް އިން ބުނެފިއެވެ.

ހަމާސް އިން ބުނެފައިވަނީ ފަލަސްތީން ރައްޔިތުން ހިމާޔަތް ކުރުމަށް އެޖަމާއަތުން ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ.

ހަމާސްގެ ވަރުގަދަ ބަސްތައް އިޒްރޭލަށް އަމާޒްކުރީ އިރުމަތީ ރަފާގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުން އެތަން ދޫކޮށް އެ ސަރަހައްދު ހުސްކުރުމަށް އިޒްރޭލުން އެންގުމާ ގުޅިގެންނެވެ.

އިޒްރޭލުގެ މި އެންގުމަކީ ރަފާއަށް އެއްގަމު މަގުން އިޒްރޭލް ސިފައިން އަރަން ތައްޔާރުވެފައިވާ މިންވަރު އަންގައިދޭ ކަމެއްގެ ގޮތުގައި ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުން ރަފާއަށް އަރަން އުޅޭތީ އެކަމާ އދ އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މީގެ އިތުރުން އިޒްރޭލް ސިފައިން ރަފާއަށް ނޭރުމަށް ދުނިޔޭގެ ކަންކޮޅުތަކުން އިޒްރޭލަށް އަންނަނީ ގޮވާލަމުންނެވެ.

އިޒްރޭލުން ރަފާއަށް އެރުން ހުއްޓުވޭތޯ ހަމާސް އާ އެކު ގާހިރާގައި ކަމާބެހޭ ގައުމުތަކުން ބޭއްވި ސުލްހައިގެ ވާހަކަތައް ވަނީ ނާކާމިޔާބުވެފައެވެ.

ރަފާއަށް އިޒްރޭލް ސިފައިން އަރާފާނެ ކަމަށް ބެލެވޭ އިރު އެތަނުގައި ވަގުތީ ހިޔާވަހިކަން ހޯދައިގެން މިހާރުވެސް މިލިއަނަކަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ވަރަށް ނިކަމެތި ހާލުގައި އެބަތިއްބެވެ. މިހާލުގައި އެހާ ގިނަ ބަޔަކު ތިއްބާ އިޒްރޭލް ސިފައިން އަރައިފިނަމަ ހިތައް ނުގެނެވޭ ވަރުގެ އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އދ އިން ވަނީ ބުނެފައެވެ.

މިކަންކަން މިހެން ހިނގަމުންދާއިރު އިޒްރޭލްގައި ހުންނަ އަލްޖަޒީރާގެ އޮފީސް ބަންދުކުރުމަށް ނަތަންޔާހޫގެ ކެބިނެޓްގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް 34،735 މީހުން މަރުވެފައިވެއެވެ. 77،108 މީހުން ޒަޚަމްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
50%
0%
50%
ކޮމެންޓް
ގުޅުންހުރި
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި
ގާޒާގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް ފެނާއި ކާނާ ލިބުން ހުއްޓިއްޖެ
އިޒްރޭލުގެ ހަމަލާތައް ނުރައްކާވެ ރަފާ ސިޓީ ދޫކޮށް ފަލަސްތީންގެ އެތައް ސަތޭކާ ހާސް މީހުން ހިޖްރަކުރަނީ