ކ. މާލެ
|
5 މެއި 2024 | އާދީއްތަ 16:26
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ސަން އޮންލައިން
ޑެންގީހުން އިތުރުވުން
ޑެންގީހުން ޖެހިގެން 6 ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެނީ
 
މި ބައްޔަށް ރައްކާތެރިވާންޖެހޭ
 
މިއީ ފުރާނައަށް ނުރައްކާވާ ބައްޔެއް
 
ބައެއް ކުދިންގެ ގަޔަށް ލޭ އަޅަންޖެހޭ

ޑެންގީހުން ޖެހިގެން 6 ތުއްތު ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ މަދިރިން ފެތުރޭ ބައްޔެއް ކަމަށްވާ ޑެންގީ ހުމުގެ ކޭސްތައް ގިނަވެފައިވާ ކަމަށާއި، މިފަހުން ކޮންމެ ދުވަހަކު ވެސް ޑެންގީހުން ޖެހިގެން ޑޮކްޓަރަށް ދެއްކުމަށް ގެންދާ ކުޑަ ކުދިންގެ އަދަދު ގިނަ ކަމަށެވެ.

ޑރ.ފައިސަލް ވިދާޅުވީ މިހާރު ވެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ހަ ކުއްޖަކަށް ފަރުވާ ދެމުންދާ ކަމަށާއި، ބައެއް ކުދިންގެ ގަޔަށް ލޭ އަޅަންޖެހިފައިވާ ކަމަށެވެ.

ޑރ.ފައިސަލް ވިދާޅުވީ މިއީ ފުރާނައަށް ނުރައްކާވާ ބައްޔެއް ކަމަށާއި، މި ބައްޔަށް ރައްކާތެރިވާންޖެހޭ ކަމަށެވެ.

މީގެ އިތުރުން ޑރ.ފައިސަލް ވަނީ މި ބަލި ޖެހޭ މީހާ ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއްދީގެން ބެލުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ ޑެންގީ ހުމުގައި ނުރައްކާވަނީ، ހުން މަޑުވެ ފުރަތަމަ 24 ގަޑިއިރާއި 48 ގަޑިއިރުގެ ތެރޭގައި ކަމަށްވާތީއެވެ. އެހެންކަމުން ހުން މަޑުވުމުން ދެދުވަސްވަރު އިތުރަށް ސަމާލުވާންޖެހޭ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހުން މަޑުވުމަށްފަހު އިތުރަށް ވަރުބަލިވެ، ހޮޑުލެވި އެހެނިހެން އަލާމަތްތައް ފެންނަ ކަމަށްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ހުން މަޑުކުރުމަށް ޕެރަސިޓަމޯލް ނޫން ބޭހެއް ކައިގެން ނުވާނެ ކަމަށާއި، ބްރޫފަން ފަދަ ބޭސްތައް ބޭނުކުރުމުން އެހެނިހެން ސިއްހީ މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.

ޑެންގީ ހުމަކީ އީޑީސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔެކެވެ. އެހެންކަމުން މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ފަދަ ތަކެތި ބޭނުންކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެދިފައިވެއެވެ. އަދި ހުސް ފުޅ/ިދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމާއި، ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
50%
0%
0%
50%
ކޮމެންޓް