ކ. މާލެ
|
3 މެއި 2024 | ހުކުރު 21:33
މާލޭ މަގުމައްޗަށް ޖަމާކޮށްފައިހުރި ކުނި
މާލޭ މަގުމައްޗަށް ޖަމާކޮށްފައިހުރި ކުނި
މަގުތަކަށް ކުނި އަޅާ މީހުންގެ މައްސަލަ
މާލޭ މަގުމައްޗަށް ކުނިއަޅަމުންދިޔަ ބަންގްލަދޭޝް ރައްޔިތެއް ފުލުހުންނާއި ހަވާލުކޮށްފި
ކުނި އަޅާ މީހުންގެ ތެރެއިން 85 އިންސައްތަ މީހުންނަކީ ބިދޭސީންކަމަށް އާޒިމް ވިދާޅުވި
އާޒިމް ވިދާޅުވީ މަގުތަކަށް ކުނި އަޅައިގެން 180 ވަރަކަށް މީހުން މިހާތަނަށް އައިރު ޖޫރިމަނާކުރެވިފައިވާކަމަށް
ސިޓީ ކައުންސިލުން ބުނީ ފުލުހުން ދަނީ އިމިގްރޭޝަނާއި ގުޅިގެން މި މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންކަމަށް

މާލޭ މަގުމައްޗަށް ކުނިއަޅާކަން ފާހަގަކުރެވިގެން ކައުންސިލުން ހޯދި ޤަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް މިހާރު ވަނީ ފުލުހުންނާއި ހަވާލުކުރެވިފައިކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ބުނީ ފުލުހުން ދަނީ އިމިގްރޭޝަނާއި ގުޅިގެން މި މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންކަމަށެވެ. މާލެ ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މަގުތަކަށް ކުނި އަޅައިގެން 180 ވަރަކަށް މީހުން މިހާތަނަށް އައިރު ޖޫރިމަނާކުރެވިފައިވާކަމަށެވެ. މީގެތެރެއިން 85 އިންސައްތަ މީހުންނަކީ ބިދޭސީންކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ތަކުރާރުކޮށް ފުލުހުންނާއި އިމިގްރޭޝަންގައި އެދެމުންދަނީ ބިދޭސީން ކުނިއަޅާނަމަ ދޭންޖެހޭ އަދަބެއް ދިނުމަށް. މިހާބޮޑު އުނދަގުލެއް ރައްޔިތުންނަށް ކުރާ ބަޔަކު ޑީޕޯޓްވެސް ކުރެވެން ޖެހޭނެ. މިގޮތަށް މާލެއާއި ރާއްޖޭގެ އެތައް މިތަނުގައި ގަވާއިދާ ހިލާފަށް އުޅޭނެހާ ގޮތަކަށް އުޅެފައި ޖޫރިމަނާކޮށްލެވޭ ގޮތަކަށް އޮވެގެން ނުވާނެ، އެއަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ގެނެސް، ގައުމުގެ މަސްލަހަތު ގެއްލުވާލާ، ގައުމު ހަޑިކޮށް، ގޮނޑުކޮށް އެކަން ކުރާނަމަ އެ އަދަބު ލިބެންޖެހޭނެ. އެކަންތައްވެސް ނުވޭ. ބޭރު މީހުން ގާނޫނާއި ގަވާއިދާ ހިލާފުވީމާ އަދަބު ލިބުމުގައި އެބަހުރި މައްސަލަތަކެއް.
މާލެ ސިޓީގެ މޭޔަރު އާދަމް އަޒިމް

އާޒިމް ވިދާޅުވީ މާލޭގެ ޕާކިން ޒޯންތަކުގައި ވެސް ބިދޭސީން ފުނިޖެހިގެން ތިބޭ މައްސަލައިގެ ރިޕޯޓްތައް ވެސް ލިބޭ ކަމަށާއި، އެ މައްސަލަ އަމިއްލަފުޅަށް ވެސް ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ހިންގާ ކަންކަން ގާނޫނު ތަންފީޒުކުރަން ތިބި އިދާރާތަކުން އެއްވެސް އުޒުރެއް ނުދައްކާ ގާނޫނު ތަންފީޒުކުރަމުންދާން ޖެހޭނެކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް