ލުބްނާނުގެ އިޤްތިޞާދު ހީނަރުވެފައިވާތާ އެތައް އަހަރެއް ވެފައިވާއިރު، ސިޔާސީ ހަމަނުޖެހުންތަކާއި، ކޮރަޕްޝަނާއި، 2020 ވަނަ އަހަރު ބެއިރޫތު ބަނދަރުގައި ހިނގި ނުރައްކާތެރި ގޮވުމުގެ ސަބަބުން ލުބްނާނުގެ އިޤްތިޞާދު ވަނީ އަޑިނޭންގޭ ފުންވަޅުގަނޑަކަށް ވެއްޓިފައެވެ. ކުރިން މެދުއިރުމަތީގެ ބޭންކިން ކެޕިޓަލްގެ ގޮތުގައި ބެލެވިފައިވާ ލުބްނާނަށް މިހާރު ވަނީ އިންފްލޭޝަން މަތިވެ، ފައިސާނެތުމާއި، ފަގީރުކަމާއި ވަޒީފާ ނެތް މީހުންގެ އަދަދު ވަރަށް ބޮޑަށް މަތިވެ، އާންމު ހިދުމަތްތައް ވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
އިޤްތިޞާދު މިހާ ބޮޑަށް ހީނަރުވެފައިވާއިރު، އެކަމުގެ ސަބަބުން ބޮޑެތި މުޒާހަރާތައް އުފެދި، ލުބުނާނުގެ ގިނަ ރައްޔިތުން ގައުމުން ބޭރުގައި ރަނގަޅު ފުރުޞަތުތައް ހޯދުމަށް އެޤައުމުން ހިޖުރަކުރަން ފެށިއެވެ.
ލުބުނާންގެ އިޤްތިޞާދު ފުންވަޅުގަނޑެއްގައި ވަނިކޮށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވެރިޔާ އުރުސުލާ ވޮން ޑަ ލެޔެން ބުރާސްފަތި ދުވަހު ލުބްނާނަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމަށް އެއް ބިލިއަން ޑޮލަރުގެ އެހީއެއް ދޭނެ ކަން އިއުލާނު ކުރައްވައި، ގަވައިދާ ހިލާފަށް ލުބުނާނަށް ހިޖުރަކުރުން ހުއްޓުވުމަށް ވަނީ ގޮވާލައްވައިފައެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ޓިއުނީޝިއާ، މޮރިޓޭނިއާ އަދި އެހެނިހެން ގައުމުތަކާ އެކު ގަވާއިދާ ހިލާފަށް ހިޖުރަކުރާ މީހުން ހުއްޓުވުމަށް އެއްބަސްވުންތަކެއް ވެސް ހަދާފައެވެ.
ލުބްނާނަށް އެއް ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ޕެކޭޖެއް އިއުލާނު ކުރެވިދާނެ، މި އަހަރުން ފެށިގެން 2027 ވަނަ އަހަރާ ހަމައަށް މި ޕެކޭޖް ލިބޭނެވޮން ޑަ ލެޔެން
ޔޫރަޕިއަން ކޮމިޝަންގެ ރައީސް ވިދާޅުވީ މި އެހީ އަކީ އިގްތިސާދީ ގޮތުން ވަރަށް ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް އެ ގައުމުގެ ތައުލީމާއި ސިއްހަތު ފަދަ އަސާސީ ހިދުމަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ އެހީއެއް ކަމަށެވެ.
މި ޕެކޭޖުގެ ބޮޑު ބައެއް ކަމަށްވާ 736 މިލިއަން ޔޫރޯ އަކީ ލުބުނާނުގައި ތިބި ސޫރިޔާގެ ރެފިއުޖީންނާއި އެހެނިހެން ނާޒުކު ޖަމާއަތްތަކަށް އެހީވުމަށް ލިބޭ ޕެކޭޖެއް ކަމަށްވާއިރު، 200 މިލިއަން ޔޫރޯގެ ސަބަބުން ބޯޑަރާއި މައިގްރޭޝަން ކޮންޓްރޯލް ތަންފީޒު ކުރުމުގައި ލުބުނާނުގެ ސަލާމަތީ ހިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ސައިޕްރަޓް ސަރުކާރުން ދީފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.
މި އެހީގެ ވަކި މިންވަރެއް ލުބުނާނުގެ މަސްވެރިންނަށް ދިނުމަށް ހަމަޖެހިފައިވަނީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ބޭނުންކުރުމަށް އެމީހުންގެ ބޯޓުތައް ވިއްކުމަށް ހުރަސް އެޅުމަށެވެ.
ވޮން ޑަ ލެޔެން ވަނީ ލުބްނާނުގެ ވިޔަފާރިތަކަށާއި ރައްޔިތުންނަށް ފުރުސަތު ދިނުމަށް އިގްތިސާދީ ގޮތުން ރަނގަޅު ހަރަކާތެއް ބޭނުންވާ ކަމަށް ވިދާޅުވެ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ގޮވާލައްވާފައެވެ.
އެކަމަނާ ވިދާޅުވީ އދ.ގެ ރެފިއުޖީ އެޖެންސީ ނުވަތަ ޔޫއެންއެޗްސީއާރުއާ ގުޅިގެން ސީރިއާއަށް ވޮލަންޓަރީ އެނބުރި ދިއުމަށް މިހާރަށްވުރެ ހަރުދަނާ ވިސްނުމެއް ގެންގުޅެވޭނެ ގޮތްތައް އީޔޫއިން ބަލަމުން ގެންދާނެ ކަމަށާއި، ސޫރިޔާގައި އިންސާނީ އަދި އަވަސް ރިކަވަރީ ޕްރޮޖެކްޓްތަކަށް ބައިނަލްއަގްވާމީ ގޮތުން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށެވެ.
ވޮން ޑަ ލެޔެން އިތުރަށް ވިދާޅުވީ އީޔޫއިން މަސައްކަތް ކުރަނީ ޔޫރަޕަށް ހުޅުވާލެވިފައިވާ ގާނޫނީ މަގުތައް ދެމެހެއްޓުމަށާއި ރެފިއުޖީން އެ ބްލޮކަށް އަލުން ވަޒަންވެރި ކުރުވުމަށް ކަމަށެވެ. ނަމަވެސް ހަމަ އެއާއެކު ގަވައިދާ ހިލާފަށް ހިޖުރަކުރުން ހުއްޓުވުމަށާއި ބިދޭސީން އެތެރެކުރުން ހުއްޓުވުމަށް ގައުމުތަކުގެ އޮފިޝަލުންގެ ރަނގަޅު އެއްބާރުލުން އީޔޫއަށް ބޭނުންވާކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ލުބުނާނުގެ އިޤްތިޞާދު 2019 ވަނަ އަހަރުގެ ފަހުކޮޅު ވެއްޓި، އެޤައުމު ހިޖުރަވެރިންގެ ލޯންޗްޕެޑަކަށް ބަދަލުވެ، ލުބުނާނުގެ ރައްޔިތުން ސީރިޔާއާއި ފަލަސްޠީނުގެ ރެފިއުޖީން ޔޫރަޕަށް ނުރައްކާތެރި ދަތުރުތައް ކުރަމުން ދިޔައެވެ.
ބެއިރޫތުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ލުބްނާނުގައި މިހާރު ވެސް އަވަށްޓެރި، ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ސީރިއާގެ ގާތްގަނޑަކަށް ދެ މިލިއަން މީހުން ދިރިއުޅެއެވެ.
"ސޫރިޔާގެ ރެފިއުޖީންނާއި ގެދޮރު ގެއްލިފައިވާ އެހެނިހެން މީހުން ހޯސްޓް ކުރުމުގައި ލުބްނާނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އަޅުގަނޑުމެންނަށް ވިސްނޭ،" ވޮން ޑަ ލެޔެން ވިދާޅުވި ގޮތުގައި އެ މީހުން ހޯސްޓް ކުރުމަށް އީޔޫއިން ލުބުނާނަށް 2.6 ބިލިއަން ޔޫރޯގެ އެހީއެއް ދީފައިވެއެވެ.
ވޮން ޑަ ލެޔެންގެ އަރިހުގައި ސައިޕްރަސްގެ ރައީސް ނިކޯސް ކްރިސްޓޮޑޯލައިޑްސް ބައިވެރިވެވަޑައިގެންނެވި އިރު، އޭނާގެ އެ ދަތުރުފުޅަކީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ލުބްނާނަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.
ލުބުނާނާއި ސީރިއާއާ 200 ކިލޯމީޓަރަށް ވުރެ ވެސް ދުރުގައި އޮންނަ އީޔޫގެ އެންމެ އިރުމަތީ މެމްބަރު ސައިޕްރަސް އިން ބޭނުންވަނީ ލުބްނާނުން އެގައުމުގެ އައްސޭރިފަށަށް ހިޖުރަކުރާ ބޯޓުތައް އައުން ހުއްޓުވުމަށެވެ.
އިޒްރޭލާއި ހަމާސް ހަނގުރާމައިގެ ސަބަބުން އެގައުމުގެ ކަނޑުގެ ސަރަހައްދު މޮނިޓާ ކުރުމަށް ބެއިރޫތުން ކުރަމުން އަންނަ މަސައްކަތްތައް ބަލިކަށިވެފައިވާ ކަމަށް އެ ގައުމުން ބުނެއެވެ.
ބުރާސްފަތި ދުވަހުގެ ދަތުރުފުޅަކީ ތާރީޚީ ދުވަހެއްގެ ގޮތުގައި ކްރިސްޓޮޑޯލައިޑްސް ތައުރީފު ކުރައްވައި، އީޔޫގެ ނިންމުމަށް ތައުރީފު ކުރައްވައި، ޔޫރަޕްގެ އޮފިޝަލުން އިތުރަށް ކުރިއަށް ގޮސް ސީރިއާގެ ބައެއް ސަރަހައްދުތައް އަނބުރާ ރައްކާތެރި ސަރަޙައްދުތަކަކަށް ހެދުމަށް ގޮވާލެއްވިއެވެ.
ކްރިސްޓޮޑޯލައިޑްސް ވިދާޅުވީ މި ދުވަހަކީ ތާރީޚީ ދުވަހެއް ކަމަށް ދެކޭތީ މިދުވަހުގައި ބައިވެރިވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
މިއަދު އިއުލާނު ކުރި މި ޕެކޭޖުގެ ސަބަބުން އެއްގަމާއި ކަނޑުގެ ބޯޑަރު ތައް ކޮންޓްރޯލް ކުރުމާއި، އެ ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، މީހުން ޓްރެފިކް ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެމިތިބުން ފަދަ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލްކަން ލުބުނާނުގެ އޮތޯރިޓީގެ ގާބިލްކަން އިތުރުވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތްސައިޕްރަސްގެ ލީޑަރު
ލުބުނާނުގެ ކެއާޓޭކަރ ބޮޑުވަޒީރު ނަޖީބު މިކާތީ ވަނީ އެހީގެ ޕެކޭޖަށް ތައުރީފު ކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ ލުބުނާނުގެ ސަލާމަތަކީ ޔޫރަޕްގެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ.
ގެދޮރު ގެއްލިފައިވާ މީހުންގެ މައްސަލައާ ގުޅުން ހުރި ކޮންމެ ބްލޯއަޕެއް ތަހައްމަލު ކުރަންޖެހޭނީ ލުބްނާނަށް އެކަނި ނޫން ކަމަށާއި ޔޫރަޕަށް ވެސް އޭގެއަސަރު ފެތުރިގެން ދާނީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ކާރިސާއަކަށް ވެގެންކަމަށް އޭނާ ވިދާޅުވިއެވެ.
ވޮން ޑަ ލެޔެން އާއި ކްރިސްޓޯޑޮލައިޑްސްއާ ބައްދަލުކުރެއްވުމަށް ފަހު ޕާލަމެންޓުގެ ރައީސް ނަބީހް ބެރީ ވިދާޅުވީ ރެފިއުޖީންގެ މައްސަލައާ ކުރިމަތިލުމުގައި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. ނަމަވެސް ޔޫރަޕްގެ އެހީގެ ސަބަބުން މައްސަލަ އަށް ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ލުބުނާނުގެ އޮފިޝަލުންނަކަށް ނެތެވެ.
ލުބުނާނުގެ ސިފައިންގެ ޕާޓީގެ ވެރިޔާ ސަމީރު ގީގާ މި ހަފުތާގެ ކުރީކޮޅު އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވީ ޔޫރަޕްގެ ކަމާބެހޭ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ކަންބޮޑުވަނީ ރެފިއުޖީން ޔޫރަޕަށް ނުދާތީ ކަމަށެވެ.
ޑިމޮކްރަސީއަށް ތާއީދުކުރާ ސުލްހަވެރި މުޒާހަރާތައް ސަރުކާރުން ހުއްޓުވުމަށްފަހު 2011 ވަނަ އަހަރު ސީރިއާގައި ފެށި ހަނގުރާމައިގެ ސަބަބުން ބައި މިލިއަނަށްވުރެ ގިނަ މީހުން މަރުވެ، ހަނގުރާމައިގެ ކުރިން ތިބި އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވަނީ ގެދޮރު ގެއްލިފައެވެ.
ޣައްޒާގައި އިސްރާއީލާއި ހަމާސްގެ ހަނގުރާމަ ފެށުނު ފަހުން ހިޒްބުالله އާއި އިސްރާއީލާ ދެމެދު ގާތްގަނޑަކަށް ހަތް މަސް ދުވަހުގެ ބޯޑަރު ކުރިމަތިލުންތަކެއް ވެސް ލުބްނާނަށް ވަނީ ކުރިމަތިވެފައެވެ.
އިރުމަތީ މެޑިޓެރޭނިއަން ގެ ވެރިކަމަކީ، ރައީސަކު ނެތި، ސިޔާސީ މައިދާނުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި، މަދު ބާރުތަކެއް ލިބިގެންވާ، ބަލަހައްޓާ ސަރުކާރެއްގެ ވެރިއެކެވެ.
ލުބުނާނުގެ ސިޔާސީ އޮފިޝަލުން ގެންދަވަނީ ބައިނަލްއަގްވާމީ މުޖުތަމައުން އެހެން ގައުމުތަކުގައި ތިބި ރެފިއުޖީން އަލުން ވަޒަންވެރިކުރުމަށް ނުވަތަ އެ މީހުން އަނބުރާ ސީރިއާއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެތައް އަހަރެއް ވަންދެން ގޮވާލަމުންނެވެ. ލުބުނާނުގެ ސަލާމަތީ ބާރުތަކުން ވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ސޫރިޔާގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުން އިތުރުކޮށްފައެވެ.
ލުބުނާނުގެ ބައެއް ސިޔާސީ ފަރާތްތަކުން ސޫރިޔާގެ ރައްޔިތުން އެމީހުންގެ ޤައުމުގެ މައްސަލަތައް އިތުރަށް ގޯސްވަމުންދާކަމަށް ތުހުމަތުކުރާއިރު، މިމަހުގެ 27 ވަނަ ދުވަހު ބްރަސަލްސްގައި ބާއްވާ ސޫރިޔާއާ ބެހޭ އަހަރީ ކޮންފަރެންސްގައި މިމައްސަލައާއި ބެހޭގޮތުން އިތުރަށް ވާހަކަ ދެކެވޭނެކަމަށް ބެލެވެއެވެ.