ކ. މާލެ
|
2 މެއި 2024 | ބުރާސްފަތި 12:08
ސްޓީވް ސްމިތް
ސްޓީވް ސްމިތް
އޭއެފްސީ
ޓުވެންޓީ20
ސްޓީވް ސްމިތް ވޯލްޑްކަޕް ޓީމުން ބާކީކޮށްފި
އެންމެ ފަހުގެ މުބާރާތް ކާމިޔާބުކުރި ޓީމުގެ 11 ކުޅުންތެރިން މި ފަހަރު ވެސް ކުޅޭނެ

ކުރިއަށް އޮތް ޓުވެންޓީ20 ކްރިކްޓް ވޯލްޑްކަޕް ކުޅޭ އޮސްޓްރޭލިޔާ ޓީމުން ސްޓީވް ސްމިތް ބާކީކޮށްފި އެވެ.

އެމެރިކާ އާއި ކެރީބިއަންގައި ބާއްވާ މުބާރާތުން އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ބާކީ ކުރީ އޭނާގެ ފޯމު ވަރަށް ބޮޑަށް ދަށްވުމުންނެވެ. ނިއުޒީލޭންޑާ ދެކޮޅަށް ފެބްރުއަރީ މަހު ކުޅުނު މެޗުގައި އޭނާއަށް ހެދުނީ އެންމެ 11 ލަނޑެވެ.

އޭނާގެ އިތުރުން އުއްމީދީ ބެޓްސްމަން ކޭޖް ފްރޭސާ ވެސް ވަނީ ޓީމުން އުނިކޮށްފަ އެވެ. މިހެންވެ ކެޕްޓަންކަންކުރާނީ އޯލްރައުންޑަރު މިޓްޗެލް މާޝް އެވެ. އަދި ތަޖުރިބާކާރު އޯޕަނިން ބެޓްސްމަން ޑޭވިޑް ވާނާ ޓީމަށް ނަގާފައިވާއިރު މިއީ އޭނާގެ ފަހު އިންޓަނޭޝަނަލް މުބާރާތް ކަމަށް ވަނީ ބެލެވިފަ އެވެ.

ޓީމު ޗީފް ސިކެލްޝަން ކޯޗު ޖޯޖް ބައިލީ ބުނީ މުބާރާތަށް ގެންދާ 15 ކުޅުންތެރިންނަކީ މޮޅަށް ކުޅޭ އަދި އެންމެ ފިޓްކޮށް ތިބޭ ކުޅުންތެރިންނަށް ވާން ބޭނުންވާ ކަމަށެވެ. މިހެންވެ ކިރިޔާ އަނިޔާއެއްގައި ހުއްޓަސް އެމީހަކަށް ފުރުސަތުދޭން ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ ބައިލީ ޓީމަށް ގެނީ ވަރަށް ގިނަ މަޝްވަރާތަކަށްފަހު ކަމަށާއި އެހެން ކުޅުންތެރިން ޓީމަށް ނެގުމުގައި ވެސް ވަރަށް ފަރުވާތެރިވާނެ ކަމަށެވެ.

ޓީމުގައި ހިމެނޭނެކަން ޔަގީންވާ ކުޅުންތެރިގެ ތެރޭގައި ޓެސްޓް ކެޕްޓަން ޕެޓް ކަމިންސް، ބާރު އުކުންތެރިޔާ މިޓްޗެލް ސްޓާކް އަދި އޯލް ރައުންޑަރު ގްލެން މެކްސްވެލް ހިމެނެ އެވެ. މިހެންވެ އެންމެ ފަހުގެ މުބާރާތް ކާމިޔާބުކުރި 15 ކުޅުންތެރިންގެ ތެރެއިން މިފަހަރުގެ މުބާރާތަށް އޭގެ ތެރެއިން 11 ކުޅުންތެރިން ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

- ކޮމެންޓް