ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 05:40
 ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް
ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް
މުހައްމަދު ޝަރުހާން
ރައީސް ޔާމީން
ޔާމީނުގެ ހުންނަނީ ކްރިމިނަލް މައިންޑެއް، މިހާރު އެ ހުންނެވީ ކަނަކަށް ލާފައި: ރިޔާޒް
ރައީސް ޔާމީނަކީ ވަރަށް އަނިޔާވެރި ޚުދުމުޚްތާރު ބޭފުޅެއް
އެމަނިކުފާނަކީ އެކީގައި އުޅުއްވާ ބޭފުޅުންނަށްވެސް އިތުބާރު ނުކުރައްވާ ބޭފުޅެއް

ރައީސް އަބުދުﷲ ޔާމީނުގެ ހުންނަނީ ކްރިމިނަލް މައިންޑެއްކަމަށާއި، މިހާރު އެ ހުންނެވީ ކަނަކަށް ލާފައިކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

 

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ، އެމަނިކުފާނުގެ ވިސްނުންފުޅު އަބަދުވެސް ހުންނަނީ މީހަކަށް ލަގާއެއްދިނުމަށްކަމަށާއި، އެއީ ވަރަށް ހަސީލަތް ނުބައި ބޭފުޅެއްކަމަށެވެ.

 

"ގާތް ބޭފުޅުން ވިދާޅުވޭ މޫނަށް ރުލެއްވެސް އަރުވާ ނުލައި ދޮގު ހަދާނޭ، އަޑު އަހާ މީހާއަށް ކޮންވިންސްވާ ވަރަށް ދޮގު ހަދައިގެން ވާހަކަ ދައްކަވާ ބޭފުޅެކޭ" ރިޔާޒް ވިދާޅުވިއެވެ.

 

ރިޔާޒް ވިދާޅުވީ، ރައީސް ޔާމީންގެ ހުންނަނީ ވަރަށް ޚުދުމުޚްތާރު ސިފަތަކެއްކަމަށާއި، މީހުންނާއި ދޭތެރޭ އެމަނިކުފާނު ދެކިވަޑަގަންނަވަނީ ވަރަށް އަނިޔާވެރިކޮށްކަމަށެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް އެމަނިކުފާނަކީ ކްރިމިނަލް މައިންޑެއް ގެންގުޅުއްވާ ބޭފުޅެއްކަމަށާއި، އަދި ވެރިކަމަށް ވަޑައިގެންވެސް ލީޑަރޝިޕް ދެއްކެވުމުގެ ބަދަލުގައި ރައްޔިތުނަށް އަނިޔާވެރިވަމުންދާކަމަށް ރިޔާޒް ވިދާޅުވިއެވެ.

 

މަޖިލީހުގެ ހަތަރު މެންބަރުން އެއްވެސް ކަމަކާއި ނުލައި ގެންގޮސް ޖަލަށްލައި އަނިޔާވެރިވަމުންގޮސް، މިއަދު އޭގެން އެއް ބޭފުޅެއްގެ މަންމާފުޅު ނިޔާވުމުންވެސް ކުލުނާއި އިންސާނިއްޔަތުކަން އިސްކުރައްވާފައި ނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

 

މެންބަރު ސައުދު ހުސެއިންގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލީވެސް އަނިޔާވެރި ވިސްނުމެއްގައި ކަމަށާއި، ސައުދުގެ އެ މައްސަލައަކީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ފުރަތަމަ އެ މައްސަލަ ހުށައެޅުމުން އެމީހުން ބަލަން ދެކޮޅު ހެދި މައްސަލައެއްކަމަށެވެ. އެކަން ފުލުހުން ނުބަލަން ނިންމީ އެއީ އުފައްދަފައިވާ މައްސަލައެއްކަމަށް ބެލެވޭތީކަމަށް ރިޔާޒް ވިދާޅުވިއެވެ. ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން  އެމައްސަލަ ބަލް ދެކޮޅު ހެދުމުންވެސް ފުލުހުންގެ އެހެން ޑިޕާޓްމަންޓަކަށް ފޮނުވައިގެން ތަހުގީގު ކުރުވީކަމަށް ރިޔާޒް ވިދާޅުވިއެވެ.

 

މިފަދަ އަނިޔަވެރިކަމާއި ހުރެ، އޭނާ ވިދާޅުވިގޮތުގައި ކިރިޔާވެސް ވިސްނުމެއް ހުރި މީހަކުނަމަ ރައީސް ޔާމީނަށް އިތުބާރެއް ނުކުރައްވާނެއެވެ. އަދި އަރިހުގައި މަޖުބޫރުވެގެން ތިއްބެވި މެންބަރުންކޮޅުވެސް ތިއްބެވީ، އެމަނިކުފާނު ކޮންމެ ފަދަ ކަމެެއްވެސް ކޮށްފާނެކަމަށް ބަލައިގެންކަމަށް ވިދާޅުވިއެވެ.އޭގެ ހެއްކަކީ، އެންމެ އަރިހުގައި ތިއްބެވި މެންބަރުން ފެއަށް ޖެހިވަޑައިގެން އިދިކޮޅު ފަރާތްތަކާއި ގުޅުންކަމަށް އޭނާ ވިދާޅުވިއެވެ.

 

ރައީސް ޔަމީންގެ އަނިޔާވެރިކަން ހުރި މިންވަރަށް މިސާލުދައްކަވަމުން ރިޔާޒް ވިދާޅުވީ، މަޖިލީހުގެ މެންބަރުން ސޯޝަލް ގެދަރިންގ  އަށް އާއްމުކޮށް ވަޑައިގަންނަވާ ކެފޭއެއް ފުނޑާލާ  ޗިސް ޗިސްކޮށްލީވެސް "މި ރައީސް"  އޯޑަރަށް ކަމަށެވެ.

 

"އިންސާނެއްގެ ސިފައިގައި އެ ވެލިއުއެއްކޮށްގެން، އިންޓެގްރިޓީއެއް ހުރެދާނެކަމަކަށް ނުބަލާނެ، ތިމަންނަ ބުނެފިއްޔާ މި ނިމުނީއޭ މިގޮތަށޭ މިކަން ވާންވާނީ، އެއަށް ޗެލެންޖް ކުރި މީހަކު އެ ދެން އެ ހިސާބުން ބްލެކް ލިސްޓްވީ" ރިޔާޒް ވިދާޅުވިއެވެ.

 

ރައީސް ޔާމީނަކީ އިންތިހާއަށް ޝައްކުކުރައްވާ ބޭފުޅެއްކަމަށް ވިދާޅުވަމުން ރިޔާޒް ވިދާޅުވީ، ޕީޕީއެމް މަޖިލިސް މެންބަރުންގެ ތެރެއިން ބޭފުޅުންކޮޅެއް ނައިބު ރައީސަށް ވެރިކަން ހޯއްދަވައިދެއްވަން މަސައްކަތް ކުރެއްވިކަމަށްވެސް އެމަނިކުފާނު ޝައްކު ކުރެއްވިކަމަށެވެ.

 

އޭނާ ވިދާޅުވީ، ރައީސްޔާމީނަކީ، އެމަނިކުފާނު ވިދާޅުވާ  ކޮންމެ އެއްޗެއް އެއީ ގަބޫލުކުރަން ޖެހޭ އެއްޗެއްގެ ގޮތުގައި ބައްލަވާ ބޭފުޅެއްކަމަށެވެ. މިފަދަ ކަންކަމާއި ހުރެ މިއަދު އެމަނިކުފާނު ހުންނަވަން ޖެހިަފއިވަނީ،  އަރިހުގައި ތިބި އެންމެން ދުރަށް ޖެހި، ހުރިހާ ކާޑްތައް ހުސްވެ، އެކަނި ކަނަކަށް ޖެހިފައިކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް