ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 20:45
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޓުލް ކެޝަޕް ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޓުލް ކެޝަޕް ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
ޓްވިޓަރ
ގާސިމަށް ދައުވާކުރުން
އައިސީޔޫގައި އޮންނެވި ގާސިމް އަށް ކުއްލިއަކަށް ކޯޓަށްކީ ޚަބަރާއެކު އެމެރިކާ ސަފީރަށް ވިދާޅުވެވުނީ ހަމަ އެންމެ ލަފްޒެއް!
ގިނަ ބަޔަކު ބުނަނީ ގާސިމްގެ މައްޗަށް ހުކުމް ނުކުރެވިގެން ބަޔަކު ތެޅިފޮޅެނީ ކަމަށް
ގާސިމް އަށް ކޯޓަށް ޙާޒިރުވުމަށް އަންގާފައިވަނީ ރޭގަނޑު 8:00 ށް
ގާސިމް އޮންނެވީ އައިސީޔޫގައި

ގާސިމް އިބްރާހިމް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ސީރިއަސް ސިއްހީ މައްސަލައަކަށް ފަރުވާ ދެމުން ދަނިކޮށް ރޭގަނޑު ކޯޓު ހުޅުވައިގެން މައްސަލަ ބަލަން ނިންމާ އެމަނިކުފާނު އެހާލުކޮޅުގައި އޮންނަވަނިކޮށް ކޯޓަށް ހާޒިރުވުމަށް އެންގި ވާހަކަ ގާސިމްގެ ލޯޔަރު ހާމަ ކުރެއްވުމުން، ރާއްޖެއަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޓުލް ކެޝަޕް އަށް ވިދާޅުވެވުނީ ހަމަ އެންމެ ލަފްޒެކެވެ. "ރިއަލީ؟!" ނުވަތަ ހަމަ ރަނގަޅަށް؟ މިހެންނެވެ.

ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ހެނދުނަށް ޝެޑިއުލް ކޮށްފައި އޮތްނަމަވެސް އެ އަޑުއެހުން ކޯޓުން ކެންސަލް ކުރީ އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯއްދަވުން ގެންދަވާތީ ކަމަށް ގާސިލްގެ ގާނޫނީ ވަކީލުންވަނީ ހާމަކުރައްވާފައެވެ.

ގާސިމްގެ ޝަރީއަތުގެ އަޑުއެހުމެއް ކުއްލިއަކަށް އާދިއްތަ ދުވަހުގެ ރޭ 8 ޖަހާއިރަށް އަލުން ތާވަލްވިކަން އެންގި އިރު ގާސިމްގެ ވަކީލުން ވިދާޅުވަނީ އެމަނިކުފާނުގެ ސިއްޙީ ހާލަތާ ބެހޭ މައުލޫމާތު ކޯޓަށް ފޮނުވާފައިވާނެ ކަމަށެވެ.

ގާސިލްގެ ހާލުކޮޅު އެހާ ސީރިޔަސް ވެފައިވަނިކޮށް އަވަސް އަވަހަށް ކޯޓުން މައްސަލަ ނިންމަން އުޅޭ ކަމަށް ބުނެ ގިނަ އަދަދެއްގެ އާއްމުން ގެންދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ. މިހެން ކަންކަން ވަމުން ދިޔުމުން ބައެއް މީހުން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ބުނެފައިވަނީ ގާސިމްގެ މައްޗަށް ހުކުމް ނުކުރެވިގެން ބަޔަކު މީހުން ތެޅިފޮޅެނީ ކަމުގައެވެ.

ގާސިމް އަށް 06 އޮގަސްޓް 2017 ވަނަ ދުވަހުގެ ރޭ 8:00 ށް ކޯޓަށް ހާޒިރުވުމަށް އަންގާ ފޮނުވި ޗިޓާ ގާސިމްގެ ފަރާތުން ހަވާލުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ، ދުވަހުގެ އިރު އޮއްސި 6:40 ގައެވެ.

ޗިޓުގައިވަނީ "މައްސަލަ ހިންގުމަށްޓަކައި މި ޗިޓަށް ހާޒިރު ނުވެއްޖެނަމަ، ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ޝަރީއަތް ކުރެވޭނެ" ކަމަށެވެ.

ގާސިމްގެ މައްޗަށް މި ހިންގޭ ޝަރިއަތަކީ ދައުލަތުން ގާސިމްގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް ހުށަހަޅާފައިވާ ދައުވާގެ ޝަރީއަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
7 އޯގަސްޓް 2017 | ހޯމަ 14:57
ދެކުނުތަރި
މައްސަލަ ބަލަންތިބީ ޤާޒީންނޭކިޔޭވަރުގެ ބަޔެއްނޫން. އިންސާފުން ބޭރުވެފަތިބި، ހަމަޤަބޫލުނުކުރާ ބަޔަކަށް އިންސާފަ ހަމައިން ޝަރީއަތެއް ކުރެވިދާނެކަމަށް ޤަބޫލެއް ނުކުރެވޭ. ޢިއްޒަތްތެރިކަން ކައްވަޅުގަވެސް މިމީހުންނަށް ލިބޭނެކަމަށް ހީކުރަނީ.
7 އޯގަސްޓް 2017 | ހޯމަ 12:45
ކޮނބާތަ
ކޮބާތަ ފައިސާ ގޯނި ހިފައިގެން މެމްބަރުން ފައިސާ ބަހަމުން ދިޔަކަމަށް އަމިއްލައަށް އިޢުތިރާފުވި މެމްބަރު؟ އޭނަގެ މައްސަލައެއް ނުބަލާތަ؟
7 އޯގަސްޓް 2017 | ހޯމަ 00:53
ލލ
މިމައްސަލަ ބަލަން މިހާރުހަވާލުކޮއްފައިވާ ޖަޖުން ލާރިޔައް ކުރާކަމެއްތޯ ސުވާލުކުރާވަރައް ގިނަމީހުން އެބަތިބި.. އެއިގެ ސަބަެއް އޮޅުން ފިލުވާދެވޭނީކާކައްބާ؟؟؟