ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 19:08
މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް އިބްރާހިމް އެޑްމިޓްކޮށްފަ
މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް އިބްރާހިމް އެޑްމިޓްކޮށްފަ
މުހައްމަދު ފަޒީން
ގާސިމްގެ ޝަރީއަތް
ގާސިމް އެޑްމިޓްކޮށްފަ، މިރޭ 8:00 ހާޒިރުނުވެއްޖެނަމަ ޣައިރު ހާޒިރުގައި ޝަރީއަތް ބާއްވަނީ!
ހާޒިރުނުވެއްޖެނަމަ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދާނެ
ހެނދުނު 9:00 ހާއިރު އޭޑީކޭގައި އެޑްމިޓް ކޮށްފި
ގާސިމްގެ އަޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް ވަކީލުން ބުނޭ

އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މިރޭ 8:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އެ ކޯޓުން އަމުރުކޮށްފި އެވެ.

ގާސިމަށް ކްރިމިނަލް ކޯޓުން ފޮނުވާފައިވާ އަމުރުގައި ބުނެފައިވާ ގޮތުން، މިރޭ 8:00 އަށް ކޯޓަށް ހާޒިރު ނުވެއްޖެނަމަ ގާސިމްގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދާނެ އެވެ. 

މިއަދު ހެނދުނު 10:30 އަށް ގާސިމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް  ތާވަލުކޮށްފައި ވަނިކޮށް، ހެނދުނު 9:00 ހާއިރު ގާސިމްގެ ހާލު ގޯސްވުމުން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ދަނީ ފަރުވާދެމުންނެވެ. ގާސިމް އެޑްމިޓް ކުރުމުން އެ އަޑުއެހުން ކެންސަލް ކޮށްފައިވާއިރު، އިރުއޮއްސި 6:00 އަށް ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. އެހެން ނަމަވެސް އެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 125 ވަނަ މާއްދާގެ 'ރ' ގައި ބުނެފައިވާ ގޮތުގައި  އެކަށީގެންވާ ސަބަބެއް ނެތި ދަޢުވާ ލިބޭ ފަރާތް ކޯޓަށް ހާޒިރުވެފައިނުވާނަމަ، ޝަރީއަތަށް ހާޒިރުވެ ހުރުމަށް ލިބޭ ހައްގާއި، ހެކިބަސް ނެގުމަށާއި ހެކިބަސް ނެގުމަށް އިއުތިރާޒް ކުރުމަށް ލިބޭ ހައްގު އޭނާ ދޫކޮށްލީ ކަމުގައި ބެލެވޭނެ ކަމަށެވެ. އެހެންނަމަވެސް، ގާސިމް އެޑްމިޓް ކޮށްފައިވާކަން ވަކީލުން ވަނީ ކޯޓަށް މިއަދު ހެނދުނު އަންގާފަ އެވެ.

ގާސިމްގެ ގާނޫނީ ވަކީލުން ހޮނިހިރު ދުވަހު ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާސިމަކީ ދިގު މުއްދަތަކަށް ހިތާއި ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުންދާ ބޭފުޅެއް ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ސަރުކާރުން ގާސިމް ބަންދުކޮށްފައި ހުރި ހާލަތުގެ ލާއިންސާނީކަމާއި، ނުތަނަވަސްކަމުން އޭނާގެ ބަލިހާލުކޮޅު އިތުރަށް ގޯސްވެފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު އެއާޕޯޓަށް ވަޑައިގެން ފަހުން ސަރުކާރުން ވަނީ ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން 10 ވަރަކަށް ދުވަސް ވަންދެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ބާއްވައިގެން ގާސިމަށް ފަރުވާ ދީފައިވެއެވެ.

ގާސިމްގެ ވަކީލުން ބުނީ އާލާސްކަންފުޅާ ގުޅިގެން ހަދަންޖެހޭ ޓެސްޓްތައް ރާއްޖެއިން ބޭރުން ހަދަންޖެހޭ ކަމަށް އޭޑީކޭ ހޮސްޕިޓަލާއި މެޑިކާ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާ ދެއްވާފައި ވާތީ، ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދި ޑޮކްޓަރުންގެ ލިޔުންތަކާއެކު ހުށަހެޅުމުން ވެސް ހުއްދަ ދީފައިނުވާ ކަމަށެވެ. 

ގާސިމްގެ ހާލުކޮޅު އިތުރަށް ގޯސްވަމާ ގުޅިގެން އައިޖީއެމްއެޗްގެ ހިތުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުން، ގާސިމްގެ ހިތުގެ މައްސަލައަށް ފަރުވާ ދިނުމަށްޓަކައި "އީ. ޕީ. އޭ + އާރް. އެފް. ޕީ" ނަމަކަށް ކިޔާ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށާއި އެ އަޮޕަރޭޝަން ރާއްޖެއިން ކުރެވެން ނެތީތީވެ، އޮޕަރޭޝަން ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ލަފާ ދެއްވާފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް