ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 17:45
އީސަ ބަންދުގެ މުއައްދަތު އިތުރުކުރުމަށް ކޯތަށް ހާޒިރު ކުރަނީ
އީސަ ބަންދުގެ މުއައްދަތު އިތުރުކުރުމަށް ކޯތަށް ހާޒިރު ކުރަނީ
ރާއްޖެ އެމްވީ
އީސަ ހައްޔަރުކުރުން
އީސަގެ ބަންދަށް ފަސްދުވަސް ޖަހާއިފި
ދެން ތިބި މީހުން ވަނީ ދޫކޮށްލާފައި
އީސަ ހައްޔަރުކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ކުރި މުޒާހަރާގެ ތެރެއިން
ހައްޔަރުގައި ތިބި މީހުން މިނިވަންކުރުމަށް ރައީސް ނަޝިދު ވަނީ ގޮވާލާއްވާފަ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޮނިހިރު ދުވަހުގެ ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ކުރީގެ ކެނދިކުޅަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އީސަގެ ބަންދަށް ފަސް ދުވަހަސް ޖަހައިފިއެވެ.

 

މާލޭގެ ބައެއް މަގުތަކުގައި ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާއަށް ގޮވާލާއި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އީސަގެ އިތުރުން ބ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އާދިލްގެ އިތުރުން އެމްޑީޕީގެ އާންމު މެމްބަރަކެވެ. އީސަގެ ބަންދަށް ފަސްދުވަހަށް ޖެހީ އާދީއްތަ ދުވަހު މެންދުރު ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުނެވެ.

 

ގުޅިފައިވަ ސިޔާސީ ޕާޓީތަކުން ފަހަކަށް އިއިސް ، ކޮންމެ ރެއަކު މާލެގެ ބައެއް މަގުތަކުގައި ދަނީ މުޒާހަރާ ކުރަމުނެވެ. މީގެ ކުރިން މުޒާހަރާގެ ތެރެއިން މީހުން ހައްޔަރުކުރުމަށް ފަހު، މުޒާހަރާ ނިންމާލުމާއި އެކު ދޫކޮށްލައެވެ. 

 

އީސަގެ އިތުރުން އެމްޑީޕީގެ ދެ މެމްބަރުން ހައްޔަރުކުރުމުން އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމީހުން ދޫކޮށްލުމަށް ގޮވާލާފައްވާފައެވެ. އަދި ސުލްހަވެރިކަމާއި އެކު ސިޔާސީ ހަރަކާތް ހިންގުމަކީ ކުށެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް