ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 17:37
ދިވެހި ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕެރަމޯޓަރ އުދުހުމުގެ ހަރަކާތުގެ ތެރެއިން
ދިވެހި ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕެރަމޯޓަރ އުދުހުމުގެ ހަރަކާތުގެ ތެރެއިން
ރައީސް އޮފީސް
ރައީސްގެ ވާހަކަފުޅު
ދެހާސް ތޭރަވަނަ އަހަރު ނުރައްކާތެރި އެގްރީމެންޓެއްގައި ސޮއިކުރެވުނު: ރައީސް ޔާމީން
އެއެގްރީމެންޓުގައި ބުނަނީ މީހަކު އިންތިޚާބު ނުކުރެވުނު ނަމަ މަޖިލިސް ރައީސާ ރައީސްކަން ހަވާލުކުރަން
އެކަން ކުރުމުގައި އިސްކޮށް އުޅުއްވީ އޭރުގެ ޑިފެންސް މިނިސްޓަރ ނާޒިމް
އެކަން ކުރަން އުޅުނީ ބޭރުގެ ނުފޫޒާއެކު

އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިޚާބު އޮތް 2013 ވަނަ އަހަރު ނޮވެމްބަރ 11 ގެ ކުރިން ރައީސް ކަމަށް ހުވާކުރާނެ މީހަކު ނުދެއްކިއްޖެ ނަމަ ޢަމަލު ކުރާނެ ގޮތުގެ ވަރަށް ނުރައްކާތެރި އެގްރީމެންޓެއް އެކުލަވާލެވި ސޮއިކުރެވުނު ކަމަށް ވިދާޅުވެ ބޮޑު ސިއްރެއް ރައީސް ޔާމީން ފަޅާއަރުވާލައްވައިފިއެވެ.

ރައީސް ޔާމީން މިކަން ފަޅާއަރުވާލެއްވީ ޕީޕީއެމަށް ޢާއްމު މެންބަރުންތަކެއް ސޮއިކުރި ކަމަށް ބުނެ ސްޓެލްކޯގައި ބޭއްވި ޕީޕީއެމްގެ ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ހުންނެވީތީ މިވީހާ ގިނަ ދުވަހު އެކަން ހާމަކުރައްވަން ކެރިވަޑައި ނުގަން ހުންނެވީކަމަށް ވިދާޅުވަމުން އެވާހަކަ ހިއްސާ ކުރައްވަމުން ވިދާޅުވީ 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބު ބޯމަތިވެގެން އައިއިރު ޤައުމު އޮތީ ވަރަށް ނަުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. އަދި ދިވެހި ދައުލަތް އޮތީ ނާމާން ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ 2013 ގެ ނޮވެމްބަރ 11 ގައި ޤާނޫނު އަސާސީގައި އެބުނާ ގޮތައް އިންތިޚާބު ކޮށްފައިހުރި ރައީސުލް ޖުމްހޫރިއްޔާއަކު ހުވާކުރާނެ ކަމުގެ ކުޑަވެސް އުއްމީދެއް ނެތް ކަމަށެވެ.

"ވަރަށް ނުރައްކާތެރި އެގްރީމެންޓެއް ސޮއި ކުރެވުނު. ޓްރައިކާ ނަމުގައި ކިޔާ އެގްރީމެންޓެއްގައި ސޮއި ކުރެވުނު. ސިޔާސީ ޕާޓީތަކުގެ ވެރިން އޭގައި ސޮއި ކުރައްވާފައި އޮތީ. އެއެގްރީމެންޓުގައި ބުނެފައި އޮތް ވާހަކައަކީ 11 ނޮވެމްބަރ ވަނަ ދުވަހު ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނެ މީހަކު ނެތްނަމަ ނެތް ހިނދެއް އަތުވެއްޖެ ނަމަ ދެން ޤާނޫން އަސާސީގައި އެބުނާގޮތަށް ކަންތައްތަކަށް އެއްބަސްވެފައި ބުނަނީ 60 ދުވަހުގެ ތެރޭގައި އިންތިޚާބެއް ބާއްވައި ރައީސަކު ދެއްކުމުގެ ހުރިހާ ކަމެއް ނިންމުމަށްޓަކައި އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސާ ރައީސުލް ޖުމްހޫރިއްޔާކަން ޙަވާލުކުރަން ޖެހޭނެޔޭ. އަދި އެކަންކަން ކުރާއިރު އޭރުގެ ޑިފެންސް މިނިސްޓަރާ އޭރުގެ ޕޮލިސް ކޮމިޝަނަރއާ މިބޭބޭފުޅުން މަޤާމުތަކުގައި ދެމިތިއްބަވާނެއޭ. މި އެގްރީމެންޓަކީ ބޭރުގެ ނުފޫޒާއެކު އެކުލަވާލެވުނު އެގްރީމެންޓެއް. މި އެގްރީމެންޓުގައި ދިވެހި ސަރުކާރުގެ ފަރާތުން، އަޅުގަނޑަކަށް ހިޔެއް ނުވޭ އޭރު ހުންނެވި ރައީސުލް ޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާނެ ހެނެއް. އެހެންނަމަވެސް މި އެގްރީމެންޓުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ މިކަންކަން ކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓަރ ނާޒިމް" ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ކަންކަމުގައި ބޭރުގެ ނުފޫޒް އޮތް މިންވަރު ހާމަކުރެއްވުމުގެ ގޮތުން ހާމަކުރެއްވި ކަމެއްކަމަށް އެވާހަކަ ފެއްޓެވި ނަމަވެސް ރައީސް ޔާމީން އެކަމުގެ ތަފްސީލެއް ނުދެއްވައެވެ. އަދި އެއެގްރީމެންޓުގައި ޤާނޫނު އަސާސީގައި ބުނާ ގޮތަށް ކަންކަން ކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު އެއެގްރީމެންޓް ނުރައްކާތެރި އެގްރީމެންޓަކަށްވީ ގޮތުގެ ތަފްސީލެއް ވެސް ރައީސް ޔާމީނެއް ނުދެއްވައެވެ.

 ރައީސް ޔާމީން ވިދާޅުވީ  އެ އެގްރީމެންޓް ކޮއްފައިވަނީ ބޭރު  ބަޔެއްގެ ނުފޫޒުން ކަމަށާއި އެއީ ރާއްޖޭގެ އިސްތިޤްލާލް ނަގާލުމަށް ކުރެވުނު ކަމެއް ކަމަށެވެ.

"އެގާރަ ނޮވެމްބަރަކީ ޤާނޫނު އަސާސީގައި އެކަން ކުރުމަށް ބުނެފައި އޮތް ވަގުތު. އެކަމަކު އެކަމެއް އެދުވަހަކަށް ނުކުރެވިގެންނެއް އެބުނާ ސިޔާސީ ހުސްކަން އައިސްގެންނެއް ދިވެހިރާއްޖެ މުޅި ދުނިޔޭގެ ގެލެކްސީން ގެއްލިގެންދާވަރުގެ ހުސްކަމެއް ނާދޭ. ދައުލަތަކީ ދެމިގެންދާ ޝަޚުސެއް." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެއެގްރީމެންޓުގައި ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން ސޮއި ނުކުރެއްވި ކަމަށާއި އެކަން ހުއްޓިގެން ދިޔައީ އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައިވާއިރު ނޯކޮންފިޑެންސްގެ މައްސަލައެއް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސަކަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ހަވާލު ކުރެވެން ނޯންނާނެ ކަމަށް ވިދާޅުވުމުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
6 އޯގަސްޓް 2017 | އާދީއްތަ 18:45
ތުއްތުބެ
އެކަމަކު ޔާމީނޫ. ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް ނޭގެނީ ދޯ އަމިއްލަ ބޮލައް ފައިން އެރޭއިރުވެސް ނޭގެނީ ތޯއެވެ.ތިޔަ ވިދާޅުވީ ހާދަ ނުރައްކާތެރި އެގްރިމަންޓެއްގެ ވާހަކަ އެވެ ހަމަ ހިނި އަންނަނީއެވެ.ހާދަ ދެރައެވެ.ދެން ހަމަ އަތްޖަހަ ކިޔަން ތިބޭނެ. ކީކޭ ތޯބުނާނީ