ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 09:17
އުރުދުންގެ ރަސްގެފާނު ޢަބްދުﷲ 2
އުރުދުންގެ ރަސްގެފާނު ޢަބްދުﷲ 2
ގޫގުލް
އުރުދުން
އުރުދުން ރަސްގެފާނު ފަލަސްޠީނަށް ވަޑައިގަންނަވަނީ
މި ދަތުރުފުޅަކީ، 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން އެމަނިކުފާނު ފަލަސްޠީނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު

އުރުދުންގެ ރަސްގެފާނު ޢަބްދުﷲ 2 ރަސްމީ ދަތުރުފުޅެއްގައި ފަލަސްޠީނަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

5 އަހަރަށްފަހު އުރުދުންގެ ރަސްގެފާނު ފަލަސްޠީނަށް މި ކުރައްވާ ދަތުރުފުޅުގައި ހޯމަ ދުވަހު ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފަތަހު ޕާޓީގެ އޮފިޝަލަކު ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި، 2014 ވަނަ އަހަރުން ފެށިގެން ހުއްޓީފައިވާ ފަލަސްޠީނު-އިސްރާއީލު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ޢަބްދުﷲ ރަސްގެފާނުގެ މި ދަތުރުފުޅަކީ، 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން އެމަނިކުފާނު ފަލަސްޠީނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އުރުދުން އަކީ 2004 ވަނަ އަހަރުން ފެށިގެން އިސްރާއީލާއި އެކު ސުލްޙައިގެ އެއްބަސްވުމެއް ހަދާފައިވާ ޤައުމެކެވެ. އަދި އެ ޤައުމަކީ ގުދުސްގައި ހުރި މުސްލިމުންގެ މުޤައްދަސް ދެ ބިނާގެ ބެލެނިވެރިޔާވެސްމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
7 އޯގަސްޓް 2017 | ހޯމަ 03:43
ގުދުސްބެ
ޢަބްދުﷲ ރަސްގެފާނުވަރުގެ ވެރިޔެއް މުޅިދުނިޔޭގައިވެސް ނުހުންނާނެ