Advertisement
ކ. މާލެ
|
31 މާރޗް 2024 | އާދީއްތަ 19:09
މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމުން މުޒާހަރާކުރަނީ
މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމުން މުޒާހަރާކުރަނީ
މަގޫދޫ އެއާޕޯޓް
މަގޫދޫ އެއާޕޯޓްގެ މަސައްކަތް އަލުން ފަށަން ދެން މުޒާހަރާ ކުރާނަން - ކައުންސިލް
ސަރުކާރުން މަގޫދޫގެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލީ މަޖިލިސް އިންތިޚާބުގައި ނިލަންދޫ ދާއިރާ އަށް ވާދަކުރައްވާ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އަށް އިންތިޚާބު ކާމިޔާބު ކުރުމުގ
ސަރުކާރަށް މެސެޖް ވަރަށް ސާފުކޮށް ދޭން ބޭނުންވާ ކަމަށާއި، އެ އަޑު ސަރުކާރަށް އިވެންދެން މުޒާހަރާކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ

މަގޫދޫ އެއާޕޯޓްގެ މަސައްކަތް އަލުން ފަށަން ދެން މުޒާހަރާ ކުރާނެ ކަމަށް  ރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުލް ހަމީދު ވިދާޅުވެއްޖެއެވެ.

މަގޫދޫގައި އާދިއްތަ ދުވަހު ހަވީރު އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް ސުލްހަވެރި ހިނގާލުމެއް ވަނީ ބާއްވާފައެވެ.

މަގޫދޫ އެއާޕޯޓަކީ ނިމިދިޔަ ސަރުކާރުން އަޅަން ފެށި އެއާޕޯޓެއް ކަމަށާއި އެ އެއާޕޯޓުގެ މަސައްކަތުގެ ބޮޑު އިންސައްތައެއް ނިމިފައިވަނިކޮށް ހުއްޓުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު ރަސްމީކޮށް އަންގާފައިވާ ކަމަށާއި މަސައްކަތް ހުއްޓާލުމުގެ ކުރިން ކައުންސިލާއި އެއްވެސް މަޝްވަރާ އެއް ވެސް ކޮށްފަ ނުވާތީ އޭނާ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއްވެފައިވާ އާއްމުންގެ ޑިމާންޑަކީ ވީ އެންމެ އަވަހަކަށް އެއާޕޯޓުގެ މަސައްކަތް ފެށުން ކަމަށެވެ.

Advertisement

އަދި ސަރުކާރަށް އެ މެސެޖް ވަރަށް ސާފުކޮށް ދޭން ބޭނުންވާ ކަމަށާއި، އެ އަޑު ސަރުކާރަށް އިވެންދެން މުޒާހަރާކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އާދިއްތަ ދުވަހު ބޭއްވި ހިނގާލުމުގައި ރަށުގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. ދިވެހި ދިދަ އާއި އެކު ކުރި އެ މުޒާހަރާގައި އާއްމުން ގޮވާލީ ދިވެހި ދިދައިގެ ހިމާޔަތުގައި އޮތް ރަށަކަށް އެ ރަށް ވާއިރު އެ ރަށުގެ ހައްގުތައް ނަގާ ނުލުމަށެވެ. މަގޫދޫގެ އެއާޕޯޓްގެ މަސައްކަތް ހުއްޓުވާލީ ސިޔާސީ މަގްސަދެއްގައި ކަމަށް އެ ރަށު މީހުން ދަނި ބުނަމުންނެވެ. ސަރުކާރުން މަގޫދޫގެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލީ މަޖިލިސް އިންތިޚާބުގައި ނިލަންދޫ ދާއިރާ އަށް ވާދަކުރައްވާ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އަށް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުކުރުމަށް ކަމަށް އެ ރަށު މީހުން ދަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް