ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 15:12
އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު
އަޒުމޫން އަހުމަދު
އުއްތަމަ ފަނޑިޔާރު
އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު މާލެ ވަޑައިގެންފި
ދަތުރުފުޅާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ސްޕްރީމް ކޯޓުން ހާމަކޮށްފައެއް ނުވޭ
މެމްބަރުގެ ގޮނޑި ގެއްލުމާއި ބެހޭ މައްސަލަ ވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފަ
މެންބަރުންގެ ގޮނޑީގެ މައްސަލައިގައި ގޮތެއް ނުނިންމިފައި

ރާއްޖޭން ބޭރަށް ކުރެއްވި ދަތުރުފުޅަށް ފަހު ސްޕްރީމްކޯޓުގެ ފަނޑިޔާރު އަދި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު މާލެވަޑައިގެންފިއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރާއްޖެ ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ މެންދުރު 2:30 ގައި ރާއްޖެއައި ސްރީލަންކަން އެއާލައިންސް ޔޫއެލް115 އިންނެވެ. 

ސްޕްރީމްކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން މިހާތަނަށް ސްޕްރީމް ކޯޓުން ވެސް އަދި ޖުޑިޝަލް ސާވިސް ކޮމިޝަނުން ވެސް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އުއްތަމަ ފަނޑިޔާރު ރާއްޖެއިން ބޭރަށް ވަޑައިގެންނެވިކަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އުއްތަމަ ފަނޑީޔާރު އަބްދުﷲ ސައީދު މިދިޔަ ހަފުތާގައި ރާއްޖޭން ބޭރަށް ވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި  ގެއްލުވާލި މައްސަލަ އެ ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އަހްމަދު އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑި ގެއްލުވާލީ، މި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުންނެވެ. މި މައްސަލަ ދިގުލައިގެން ދާތީވެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި މަޖިލީހުގެ ގޮނޑިއެއް ގެއްލިޖެ ކަމާމެދު ހިލާފު އުފެދިއްޖެ ނަމަ، އެކަމެއް ކަނޑައަޅަން ޖެހެނީ ސުޕްރީމް ކޯޓުން ކަމަށް ބުނެފައިވާއިރު، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް ގެއްލިގެން ނުދާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ވިދާޅުވެ އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ހަތަރު މެމްބަރުންގެ އިތުރުން، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އަހްމަދު އިލްހާމްގެ ގޮނޑިވެސް ގެއްލިފައިވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

- ކޮމެންޓް