Advertisement
ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 15:54
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު
ރައީސް އޮފީސް
އިންޑިއާ ސިފައިން
ކުއްލިއަކަށް އިންޑިއާ ސިފައިން ފޮނުވާނުލައި، ޑިޕްލޮމެސީގެ ރީތި އުސޫލު އިސްކުރަންޖެހޭ، މަޝްވަރާ އިސްކުރަންޖެހޭ: ރައީސް
މިފަދަ ކަންކަމުގައި އަމަލުކުރެވޭނެ ރިވެތި އުސޫލުތަކެއް އޮންނާނެކަމަށް ރައީސް ވިދާޅުވި
ރައީސް އިތުރަށް ވިދާޅުވީ، އިންޑިއާއާއެކު އަބަދުވެސް ގާތް ގުޅުމެއް އޮންނަން ބޭނުންވާކަަމަށް

ކުއްލިއަކަށް ސިފައިން ފޮނުވާލަން އެންގުމުގެ ބަދަލުގައި މިފަދަ ކަންކަމުގައި އަމަލުކުރެވޭނެ ރިވެތި އުސޫލުތަކެއް އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން އިންޑިއާ ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ތެރެއިން އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި މިއަދު ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް މިތަނުގައި އިންޑިއާ ސިފައިން ނުތިބޭނެކަން ކަށަވަރު ކުރުންކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ކުއްލިއަކަށް ސިފައިން ފޮނުވާލަން އެންގުމުގެ ބަދަލުގައި މިފަދަ ކަންކަމުގައި އަމަލުކުރެވޭނެ ރިވެތި އުސޫލުތަކެއް އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ކަންކަމުގައި ޑިޕްލޮމެސީގެ ރީތި އުސޫލު އިސްކުރަންޖެހޭ ކަމަށާއި، މަޝްވަރާ އިސްކުރަން ޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުވެސް ބޭނުންފުޅު ވަނީ އިންޑިއާގެ މަދަނީންގެ ބަދަލުގައިވެސް ދިވެހިން މި އުޅަނދުތައް އޮޕަރޭޭޓް ކުރުމަށް ކަމަށެވެ. ނަމަވެސް އެކަމުގައި އުނދަގޫތަކެއް ހުރިނަމަ މަރުޙަލާތަަކަކަށް ބަހާލައިގެން އެކަން ކުރުމުން މައްސަލައެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިންޑިއާއާއެކު އަބަދުވެސް ގާތް ގުޅުމެއް އޮންނަން ބޭނުންވާކަަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް