ކ. މާލެ
|
10 މާރޗް 2024 | އާދީއްތަ 18:55
އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް ދަނީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން
އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް ދަނީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން
ސަން އޮންލައިން
އެކްސިޑެންޓް
ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެގެން ފަރުވާދެނީ
އެކްސިޑެންޓް ހިނގާފައިވަނީ ހަވީރު 3:40 ހާއިރު

ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ތިނަދޫ ގާޒީމްގަން އުތުރުން ދެކުނަށް ދުއްވާފައި އައި ޕިކަޕެއް، އައިތާރަފިނި މަގުން ދުއްވާފައި އައި ސައިކަލެއްގައި ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ހަވީރު 3:40 ހާއިރުކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާ އަދި ޕިކަޕް ދުއްވި މީހާއަށް އަނިޔާވެގެން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

- ކޮމެންޓް