Advertisement
ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 19:00
ޤާނޫނީ ވަކީލް ހިސާން ހުސައިން: އޯޑިއޯއިން އެ އެނގުނީ ވަރަށް ބޮޑު ވާހަކައެއް
ޤާނޫނީ ވަކީލް ހިސާން ހުސައިން: އޯޑިއޯއިން އެ އެނގުނީ ވަރަށް ބޮޑު ވާހަކައެއް
ޓްވިޓަރ
ފަލަ ސުރުޚީ
ސަރުކާރުން މަޖިލިސް މުވައްޒަފުން ޓެރަރިޒަމްގެ ނުރައްކަލަކަށް ދޫކޮށްލުމީ ބިރުވެރިކަމެއް:ހިސާން
އެއީ ވަރަށް ބޮޑު ނުރައްކަލެއް
މެންބަރުންނަށްވެސް އަންގަން ޖެހޭނެ
މެންބަރުންނަށް ހުރަސްއެޅޭނެ ޤާނޫނީ އެއްވެސް ހުއްޖަތެއް ނޯންނާނެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމަޖިލީހަށް ހުރަސްއެޅީ ޓެރަރިޒަމްގެ ނުރައްކާތެރިކަމަކަށް ބިރުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުން އެފަދަ ނުރައްކަލެއްގެ ތެރެއަށް ދޫކޮށްލުމަކީ މާބިރުހުރި ކަމެއްކަމަށް މަޝްހޫރު ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވީ ރާއްޖެ ޓީވީން ބުދަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ލީކުވެފައިވާ ޑިފެންސް މިނިސްޓަރުގެ އޯޑިއޯއެއްގައި އިވޭ ގޮތުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމަޖިލީހަށް ވަނުމަށް ސަލާމަތީ ޚިދުމަތްތަކުން ހުރަސްއެޅީ ޓެރަރިޒަމްގެ ޢަމަލެއް ހިނގާފާތީ ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވާ ހިސާން ވިދާޅުވީ  ޓެރަރިޒަމްގެ ތްރެޓަކާ ހުރެމަޖިލިސް ބަންދުކުރިއިރު މެންބަރުންނަށް އެކަން އަންގަވާފައި ނުވާ ކަމަށާއި އެއަށްވުރެވެސް ބިރުވެރިކަމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުން އެފަދަ ނުރައްކަލެއްގެ ތެރެއަށް ލުންކަމަށެވެ. ޓެރަރިޒަމަކީ އެހާ ލުއި ގޮތަކަށް ދޫކޮށްލެވޭވަރުގެ އާދައިގެ ކަމެއް ނޫން ކަމަށާއި ކުޅޭކުޅެ ކަމެއްގެ ގޮތުގައި ބަލައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"ޑިފެންސް މިނިސްޓަރު ވިދާޅުވީ އެގޮތައް އެކަން ކުރެއްވީ (މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސްއެޅީ) ޓެރަރިޒަމްގެ ތްރެޓެއް އޮވެގެންނޭ. އެއް ނަޒަރަކުން ވިސްނާލާނަމަ އެއީ ވަރަށް ސީރިއަސް ވާހަކައެއް.ޓެރަރިޒަމްގެ ތްރެޓެއް އޮވެގެން ރައްޔިތުންގެ މަޖިލިސް ބަންދުކުރިނަމަ އެއްކަމަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގަވަން ޖެހޭނެ. އެއަށްވުރެ މާކަންބޮޑުވާ މައްސަލައެއް އެބައޮތް. އެދުވަހު ޓެރަރިޒަމްގެ ތްރެޓެއް އޮވެގެން މަޖިލިސް ބަންދުކުރަން އެމްއެންޑީއެފް، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގަ ހިމެނޭ އެންމެ ބާރުގަދަ ބާރުން ނިންމެވިއިރު ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުން ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި.ސުވާލަކީ ޓެރަރިޒަމްގެ ތްރެޓެއް. އެވަރުގެ ބޮޑު ރިސްކެއް އޮތް ދުވަހެއްގައި ނަމަ ކީއްވެގެންތޯ އެމަޖިލީހުގެ މުވައްޒަފުން އެތަނަށް ވައްދާ އެބޭފުޅުންގެ ލައިފް ރިސްކަށް ލީ" ހިސާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމަޖިލީހަށް ވަނުމަށް ސަލާމަތީ ޚިދުމަތްތަކުން 24 ވަނަ ދުވަހު ހުރަސްއެޅި އެޅުމަށް އިޝާރާތް ކުރައްވާ ހިސާން ވިދާޅުވީ ޤާނޫނީގޮތުން އެކަން ކުރެވޭނެ އެއްވެސް ހަމައެއް ސަލާމަތީ ޚިދުމަތްތަކަށް ނޯންނާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެބޭފުޅެއްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް އެމަޖިލީހަށް ވަނުމަށް ހުރަސްއެޅޭނެ އެއްވެސް ޤާނޫނެއް ނޯންނާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމެންބަރެއްގެ ޤާނޫނީ ޒިންމާ އަދާކުރެއްވުމަށް މަޖިލީހަށް ވަޑައިގަންނަވަނިކޮށް ހުއްޓުވައި، އެބޭފުޅުންގެ މަސައްކަތައް ހުރަސްއެޅޭނެ ޤާނޫނީ އެއްވެސް ހުއްޖަތެއް ނޯންނާނެ. އެމަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމެޓީއެއް ނެތްކަމުގައި ވީނަމަވެސް އެބައޮވޭ އެއިދާރާއަށް ވަދެ މަސައްކަތްކޮށް ބައްދަލުވުންތައް ބާއްވައި އެކަހަލަ ކަންކަން ކުރުމުގެ އިޚްތިޔާރު. 24 ވަނަ ދުވަހު އެއްވެސް ސިފައެއްގައި އެމަޖިލީހުގެ މެންބަރުންނަށް އަންގަވާފައެއް ނުވޭ." ހިސާން ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް