Advertisement
ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 17:25
 ފާރިސް މައުމޫނު ކަރެކްޝަންސްގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުން
ފާރިސް މައުމޫނު ކަރެކްޝަންސްގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުން
މުހައްމަދު ޝަރުހާން
މެންބަރުން ހާޒިރުކުރުން
މެންބަރުން ހާޒިރު ކުރަނީ އޮންނަ އުސޫލުން، އަސްލު އޮޅޭގޮތަށް ޚަބަރު ނުފެތުރުމަށް ގޮވާލަން: ކަރެކްޝަންސް
މުއައްސަސާއާއިމެދު، ނުތަނަވަސްކަން އުފެދޭގޮތަށް މީޑިއާއިންނާއި، ޤާނޫނީ ވަކީލުން ޚަބަރު ނުފެތުރުމަށް  ގޮވާލަން
މެންބަރުން މަޖިލީހަށް ހާޒިރުކުރުމުގައި ޢަމަލުކުރަމުން ގެންދަނީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހާޒިރު ކުރަނީ އޮންނަ އުސޫލުން ކަމަށާއި، އަސްލުއޮޅި އެ މުއައްސަސާ އާއިމެދު، ނުތަނަވަސްކަން އުފެދޭގޮތަށް މީޑިއާއިންނާއި، ޤާނޫނީ ވަކީލުން ޚަބަރު ނުފެތުރުމަށް  މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ގޮވާލައިފިއެވެ.

 

ކަރެކްޝަންސް އިން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހާޒިރުކުރުމުގައި ޢަމަލުކުރަމުން ގެންދަނީ، ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ ދަށުން ގެޒެޓް ކޮށްފައިވާ، ގަވައިދު ނަންބަރު 2016/R-36 (ބަންދުގައި ތިބޭ މީހުންގެ ތެރެއިން ޤާނޫނުއަސާސީ ލާޒިމްކުރާ އެކިއެކި މަޤާމުތަކުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެފަދަ މީހަކު ވަކިތަނަކަށް ވަކި ގަޑިއަކަށް ހާޒިރުކުރުމާބެހޭ ގަވާއިދު) ގެ ދަށުން ކަމަށެވެ.

 

ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/12 (28 ނޮވެމްބަރ 2013) ޤަޟިއްޔާއިން، ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އާއި 13 ވަނަ މާއްދާގެ (ނ) އާއި 16 ވަނަ މާއްދާ އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ޚިލާފު ބާޠިލު މާއްދާތަކެއް ކަމަށް ކަނޑައަޅާފައި ވާތީ، އެސަރވިސްއިން އެ މާއްދާތަކަށް ޢަމަލުކުރަން ނުޖެހޭނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

 

އެހެންކަމުން، ކަންކަމުގެ އަޞްލު އޮޅޭގޮތަށާއި މުޖްތަމަޢުގެ އަފްރާދުންގެ މެދުގައި އެ މުއައްސަސާ އާއިމެދު ނުތަނަވަސްކަން އުފެދިދާނެ ގޮތަކަށް މީޑިއާއިންނާއި ވަކިން ޚާއްސަކޮށް ޤާނޫނީ ވަކީލުން މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރާކަމަށް ކަރެކްޝަންސްގެ ބަޔާނުގައިވެއެވެ.

އަދި އެފަދަ އެއްވެސް ކަމެއްގައި އެ ސަރވިސް އާއި ބެހޭގޮތުން ރަނގަޅު ނޫން ތަޞައްވުރެއްދެވޭ، އަދި ޙަޤީޤަތް  އޮޅޭފަދަ ވާހަކަ ތައް އެއްވެސް ފަރާތަކުން ނުފެތުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހާޒިރު ކުރުމުގައި އެ ސަރވިސް އިން ޢަމަލުކުރަމުންދާ އުސޫލަކީ ކޮބައިކަން ސާފުކުރުމަށް އެ ސަރވިސްގެ ބަހެއް ހޯދުމަށް އެއްވެސް ފަރާތަކުން ފަހުގެތާރިޚެއްގައި މަސައްކަތެއް ކޮށްފައި ނުވާކަމަށް ވެސް ވަނީ ބުނެފައެވެ.

ކަރެކްޝަނުން މިހެން ބުނެފައިވީ ނަމަވެސް ފާރިސް އަހުމަދު މަޚްލޫފްގެ މަޖިލީހަށް ހާޒިރު ނުކުރާ މައްސަލައިގައި، މީގެކުރިން ރާއްޖެއެމްވީން އެކި ފަހަރުމަތީން ގުޅަން މަސައްކަތް  ކޮށްފައިވާނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް