Advertisement
ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 16:01
މެންބަރު އަމީތު ދޫނިދޫއަށް ގެންދަނީ
މެންބަރު އަމީތު ދޫނިދޫއަށް ގެންދަނީ
ޓްވިޓަރ
މެންބަރު އަމީތު
މެންބަރު އަމީތު ޑޮކްޓަރަށް ދެއްކުމަށް ފަހު ދޫނިދޫއަށް ގެންގޮސްފި
އަމީތު ގެނައީ އައިޖީއެމްއެޗަށް
އަމީތުގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައި

މިހާރު ފުލުހުން ހައްޔަރު ކޮށްފައިވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ޑޮކްޓަރަށް ދެއްކުމަށް ފަހު އަނބުރާ ދޫނިދޫއަށް ގެންގޮސްފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީތު ބުރާސްފަތި ދުވަހުގެ ހެނދުނުގެ  ވަގުތެއްގައި މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައި ވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރަކަށެވެ. ނަމަވެސް އޭނާ ދައްކާފައި ވަނީ ކޮންކަމަކާ ގުޅިގެން ކަމެއް މިހާތަނަށް އަދި އެނގިފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މިދިޔަ މަހުގެ 27 ވީ ބުރާސްފަތި ދުވަހުގެރޭ އަމީތު ހައްޔަރު ކުރީ އޭނާ ގޭގައި ހުންނަވަނިކޮށް ފުލުހުން އެގެއަށް ގޮހެވެ. އަދި މިހާރު ވަނީ 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މުއްދަތު ޖަހާފައެވެ.

އަމީތު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ  އަމުރުގައި ބުނެފައިވަނީ، ހައްޔަރު ކުރުމަށް އަމުރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުން ކަނޑައަޅާފައިވާ  ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައިރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާތީއެވެ.

އަމީތު ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ހައްޔަރުކުރަން ޖެހޭ ސަބަބުގެ ގޮތުގައި ލިޔެފައިވަނީ " ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ބައެއް، ފުލުހުންގެ ސަފުތައް ފަޅާލާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަގައި މުހައްމަދު އަމީތު އަހްމަދު މަނިކު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ  މީނާގެ ފުށުން މުޖުތަމައުގެ  ސަލާމަތައް ނުރައްކާ ވެދާނެތީ އާއި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވިދާނެކަމަށް ފެންނާތީ" ކަމަށެވެ.

އަމީތު ހައްޔަރުކޮށްފައިވަނީ، ގާނޫނު އަސާސީގެ 532 ވަނަ މާއްދާ އާއި 615 ވަނަ މާއްދާއާއި ހަވާލާދީއެެވެ. މި މައްސަލައިގައި ހެކީގެ ގޮތުގައި ހިމަނާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސީސީޓީވީ ފުޓޭޖާއި ހެކިންގެ ހެކިބަހެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ އަމީތުގެ ގޮނޑި ގެއްލުނު ކަމަށް ބުނެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް