Advertisement
ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 10:41
ހއ. އިހަވަންދޫ
ހއ. އިހަވަންދޫ
ފޭސްބުކް
ވައްކަން ކުރުން
އިހަވަންދޫ ތެޔޮ ފިހާރައެއް ފަޅާލައި 75،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި
ތެޔޮ ފިހާރަ ފަޅާލި މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފައި
ށ މާއެނބޫދޫގައި ވަނީ މީހެއްގެ ސައިކަލެއްގައި ރޯކޮށްލާފަ
ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި

ހއ. އިހަވަންދޫ ތެޔޮ ފިހާރައެއް ފަޅާލައި 75,000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ކަމަށާއި އަދި އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ބުދ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ށ. މާއުނގޫދޫގައި މީހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލަ އެއް ވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން ސައިކަލްގައި ރޯކޮށްލާފައި ވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 3:00 ހާއިރު ކަމަށާއި އަދި އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސައިކަލް ގައި ރޯކޮށްލުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ސައިކަލް އަނދާފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް