ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 21:06
ނޮޅިވަރަމް ދާއިރާގެ މެންބަރު އަރީފް: ޕާސްޕޯޓް ވަނީ ހިފަހައްޓާފައި
ނޮޅިވަރަމް ދާއިރާގެ މެންބަރު އަރީފް: ޕާސްޕޯޓް ވަނީ ހިފަހައްޓާފައި
މުހައްމަދު ޝަރުހާން
މެންބަރު އަރީފް
ސިފައިންނަށް ހަމަލާދިން ކަމަށް ބުނެ މެންބަރު އަރީފްގެ ޕާސްޕޯޓްވެސް ހިފަހައްޓައިފި
އަޅުގަނޑަށްވެސް ނޭނގޭ އަޅުގަނޑު ގައުމުން ބޭރަށް ދާކަން:އަރީފް
މަރުވެދާނެ ދުވަހެއް އިންޓެލްއިން ބުނެދިނުން އެދެން
އަރީފްގެ ޕާސްޕޯޓްވެސް ހިފެހެއްޓީ 31 ވަނަ ދުވަހު މަޖިލިސް ތެރޭގައި ހިނގާދިޔަ ކަންތަކާ ގުޅިގެން

ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފު  ވެސް ޖުލައި 31 ގައި ސިފައިންނަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
އަރީފުގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވަނީ ފިލައިގެން ސްރީލަންކާއަށް ދާން އުޅޭ ކަމަށް ބުނެއެވެ. ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ދީފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމެވެ.

ޕާސްޕޯޓު ހިފަހައްޓާފައިވަނީ ފުލުހުން ހުށަހަޅާފައިވާ  ޖާސޫސީ ސިއްރު މައުލޫމާތު ހިމެނޭ ރިޕޯޓެއްގެ މައްޗަށް ބިނާ ކޮށެވެ.

މެންބަރު އަރީފްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކޮށްފައިވާ އަމުރު އެޓޭޗް ކުރައްވާ އަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމެންބަރު ރާއްޖެއިން ބޭރަށް ފުރަން އުޅޭކަން އެމެންބަރަށް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށާއި މަރުވާނެ ދުވަހެއް އިންޓެލްއިން ބުނެދިނުމަށް އެދޭ ކަމަށެވެ.


އަރީފުގެ މައްޗަށް ޖިނާއި ތުހުމަތުކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާއާއި 532 އާއި 533 ވަނަ މާއްދާގެ ދަށުންނެވެ. 120 ވަނަ މާއްދާއަކީ މީހެއްގެ ގައިގައި ޖެހުމުގެ ކުށެެވެ. 532 ވަނަ މާއްދާއަކީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމެވެ. 533 ވަނަ މާއްދާއަކީ ގާނޫނު ހިންގަން ހުރަސް އެޅުމެވެ.

އަރީފުގެ މައްޗަށް އެ ތުހުމަތުތައް ކޮށްފައިވާ އިރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ވެސް ވަނީ އެ ތުހުމަތުތައް ކޮށްފައެވެ. މަހުލޫފުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.

އަރީފާއި މަހްލޫފްގެ ޕާސްޕޯޓް ހިފެހެއްޓިކަން ހާމަވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ޕާޓީތަކުގެ މެންބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް ގެންދަނީ ތަހުގީގެއް ހިންގަމުންނެވެ.

- ކޮމެންޓް