Advertisement
ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 19:06
ރައީސް ޔާމީން، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައެއް ބޭފުޅުންނާއެކު
ރައީސް ޔާމީން، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައެއް ބޭފުޅުންނާއެކު
ރައީސް އޮފީސް
ރައީސް ޔާމީން
ރައީސް ޔާމީންގެ ވައިބާ މެސެޖްތަކެއް އަނެއްކާ ވެސް ލީކްކޮށްލައިފި
ގއ. އަދި ގދ. ބަނދަރުތައް އަމާނެއް ނޫން
ކޮޅިގަނޑު އޮތީ ވަރަށް ގާތުގައި
މިއީ ޖަޒުބާތުގައި ޖެހެންވީ ވަގުތެއް ނޫން

ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ވައިބާ ގްރޫޕުން ގިނަ އަދަދެއްގެ މެމްބަރުން ބޭރުކޮށްލި ފަހުން ވެސް، ރައީސް އަބްދުﷲ ޔާމީންގެ މެސެޖްތަކެއް ބުދަ ދުވަހު ލީކް ކޮށްލައިފި އެވެ.

މަޖިލީހުގައި ސަރުކާރަށް އޮތް ބޮޑު  އަޣުލަބިއްޔަތު ގެއްލުވާލާފައިވާއިރު، ވައިބާ ގްރޫޕްގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ސަރުކާރު ނެގެހެއްޓުމަކީ އެންމެންގެ މަސައްކަތް ކަމަށެވެ. އޮޑި ފައްތާލަން އުޅޭ ބަޔަކު އެ ޕާޓީ ދޫކޮށް ދިޔުމުން ހިތްވަރު ދެގުނަ ކުރަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

 

ރައީސް ޔާމީންގެ މެސެޖަށް ޖަވާބު ދެއްވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ އޮޑި ފައްތާލަން ބަޔަކު އުޅުނު ނަމަވެސް،  "ގަދަ ކަނޑުގައި ދުއްވަމުން މިދަނީ ފުލް ސްޕީޑްގައި" ކަމަށާއި ދުއްވަމުން ދަނީ "ފެންނަން އޮތް ސާފު އަމާން ބަދަރަކަށް،" ކަމަށެވެ.

ޖަމީލު އުސްމާނަށް ރައްދު ދެއްވުމުގެ ގޮތުން ރައީސް ޔާމީން ވިދާޅުވީ "ގއ. އަދި ގދ. ބަނދުރުތައް އަމާނެއް ނޫން" ކަމަށެވެ.

ރައީސް ޔާމީން އިޝާރަތް މިކުރެއްވީ ވަކި ކޮން ކަމަކަށް ކަމެއް ނޭނގެ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރަން ސޮއިކުރި މެމްބަރުންގެ ތެރޭގައި ގދ. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި  ތިނަދޫ  ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ހިމެނިވަޑައިގަންނަވަ އެވެ.

ޖަމީލް އުސްމާނާއި ރައީސް ޔާމީންގެ ވާހަކައާ ގުޅޭ ގޮތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާޢު ވިދާޅުވީ "ކޮޅިގަނޑު އޮތީ ވަރަށް ގާތުގައި" ކަމަށެވެ.

ސަރުކާރުން ގާނޫނާ ހިލާފު އެތައް ކަމެއްކޮށް، އެ ކަންކަމާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، އަޑުއުފުލާއިރު ވައިބާ ގްރޫޕްގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ "މިވަގުތަކީ ކުދިކުދި ކޫސަނި ކަންކަމުގައި ހިޔާލު ތަފާތުވެ ޖަޒުބާތު ވާންވީ ވަގުތެއް ނޫން" ކަމަށެވެ.

ޖަމީލް އުސްމާނު ވިދާޅުވި ގޮތުގައި އޮޑި ރަނގަޅުވާނީ ދަބަރު ފިލުވައި ތެޔޮ ޖެހުމުން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވައިބާ މެސެޖްތައް ލީކްކޮށްލާފައިވާއިރު، އެސްޕީޖީގެ އޮފިސަރުންނާއެކު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ބޭއްވި ބައްދަލުވުމެއްގެ  އޯޑިއޯ ވެސް ބުދަ ދުވަހު ވަނީ ލީކްކޮށްލައިފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
2 އޯގަސްޓް 2017 | ބުދަ 19:25
ޒިޔާދު ހިންނަވަރު
ތި ފޮޓޮއަށް ބެލީމަ ވަރަށް ސާފުކޮށް އެބަ އެނގޭ މުބީން ކޮށްފަ އޮތް ކަމެއް ކަން