ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 18:56
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް
ރައީސް އޮފީސް
ލެބޯޓްރީގެ ޚިދުމަތް
މިހާރު ލެބޯޓްރީ ނެތް 72 ރަށުގައިވެސް މި އަހަރުގެ މޭ މަހުގެ ކުރިން ޚިދުމަތް ދޭން ފަށާނެ - ނައިބު ރައީސް
މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ފުޅާކުރުމަކީ ހަފުތާ 14ގެ ތެރޭގައި ހިމެނޭ ކަމެއް

މިހާރު ލެބޯޓްރީ ނެތް 72 ރަށުގައިވެސް މި އަހަރުގެ މޭ މަހުގެ ކުރިން ޚިދުމަތް ދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ލެބޯޓްރީގެ ޚިދުމަތް ލިބެން ނެތް 76 ރަށުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ މަޝްރޫޢު އިފްތިތާޙު ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެ މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި ބުރާސްފަތި ދުވަހު މެންދުރުފަހު ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ މާލަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައެވެ.

އާންމު ޞިއްޙީ ޚިދުމަތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެއްކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. ދިވެހިރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި، ޞިއްޙީ ފަރުވާއަށް ބޭނުންވާ ލެބޯޓްރީގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ ރައީސްގެ ހަފުތާ 14ގެ އެޖެންޑާގައި ހިމެނޭ މުހިންމު ވަޢުދެއްމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިހާތަނަށް އައިއިރު ލެބޯޓްރީއެއް ނެތް 4 ރަށެއްގައި ބުރާސްފަތި ދުވަހު ލެބޯޓްރީގެ ޚިދުމަތް ދޭން ފަށާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަކީ ރައްޔިތުންނަށް ފަސޭހައިން ލިބޭ ޚިދުމަތަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު، އިތުބާރުކުރެވޭ ނިޒާމަކަށް އެ ނިޒާމް ހަދަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. ހަމައެހެންމެ ޞިއްޙީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ޚިދުމަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ޚިދުމަތްތައް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް އިސްކަންދޭންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް
- ގުޅުންހުރި
ދައުލަތަށް 47 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުޙައްމަދު ޒަކީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ދައުލަތަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި މުޙައްމަދު ޒަކީ އަވަހާރަވެއްޖެ
ފަލަސްތީނުގެ މުސްލިމުންނަށް ލިބޭ އަނިޔާތަކާ ދެކޮޅުހަދައި، އަޤްސާ މިނިވަންކުރުމުގެ ޖިހާދުގައި ރާއްޖެއިން ހިތާއި ރޫޙުން ބައިވެރިވެ، ސަހަރޯވެރިވާނެ: ރައީސް
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ ކޮމިޝަން އުވާލިނަމަވެސް އާއިލާތަކަށް އަދިވެސް ރިޕޯޓު ނުދޭ
ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
ދުންފަތުން ސަލާމަތް ކުރުމަށް "ދަފަރާ" ކެމްޕެއިނެއް އިފްތިތާހުކޮށްފި
ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި