Advertisement
ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 07:57
ސުވިޒަލޭންޑުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދުގެ ދެ ކަނބަލުން
ޓްވިޓަރ
ރައީސް ނަޝީދު
ސުވިޒަލޭންޑުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ލަންކާގައި ބޭއްވި ހަފްލާގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ނަޝީދުގެ ދެކަނބަލުން
ސުވިޒަލޭންޑުގެ ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު

 ސުވިޒަލޭންޑުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ލަންކާގައި ބޭއްވި ހަފްލާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އަނބިކަނބަލުން ލައިލާ އަލީ ބައިވެރިވެވަޑައިގެންފިއެވެ.

އެމްޑިޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ލަންކާގައި ބާއްވާފައިވާ،  ސުވިޒަލޭންޑުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ  މުނާސަބަތުގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ނަޝީދުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިކަމަށެވެ.

ސުވިޒަލޭންޑުގެ ޤައުމީ ދުވަސް ފާހަގަކުރަމުންދަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުއެވެ.

ރައީސް ނަޝީދު ވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންގހައާ ޖުލައި މަހުގެ 11 ވަނަ ދުވަހު ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ވެސް ސިޔާސީ ގިނަ ފަރާތްތަކަކާއި ޑިޕްލޮމެޓުންނާ ރައީސް ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ. 

ރައީސް ނަޝީދަށް ވަނީ އެކި އެކި ފޯރަމްތަކުގައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ގްލޯބަލް ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓުގައި އާއި ވާލްޑް ސްކޮލް ފޯރަމްތަކުގައި ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ.

ދިގު މުއްދަތެއްގެ ހުކުމެއް ކުރުމާ ގުޅިގެން ރައީސް ނަޝީދު ރާއްޖެ ދޫކުރައްވައި އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ފަހުން އެކި ފަހަރު މަތިން ލަންކާ އަށް ޒިޔާރަތްކުރައްވާފައި ވއެވެ. އެންމެ ފަހުން ލަންކާއަށް ވަޑައިގެންނެވީ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް