Advertisement
ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 07:52
ޖުމްހޫރި ދުވަހުގެ ހަފްލާ 2016
ޖުމްހޫރި ދުވަހުގެ ހަފްލާ 2016
ގޫގުލް
ޤައުމީ އިނާމާއި ޙާއްސަ އިނާމް
ޤައުމީ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހާ ހަމައަށެް

ޤައުމީ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޤައުމީ އިނާމާއި ރައީސް ދެއްވާ ޙާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.

ޤައުމީ އިނާމަކީ މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ކުރާ މަސައްކަތްތަކާއި، އެފަރާތްތަކަށް ލިބޭ ރީތި ނަން ބަލައިގަތުމުގެ ގޮތުން ދައުލަތުން ދޭ އިނާމެކެވެ. ޤައުމީ އިނާމު ލިބޭ ފަރާތްތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ "ޤައުމީ އިނާމާބެހޭ ކޮމެޓީ" އަކުންނެވެ.

ޤައުމީ އިނާމު ހިމެނޭނީ ދެ ގިންތިއަކަށެވެ. އެއީ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ އިނާމެވެ. ޤައުމީ އިނާމު ދެވޭ ބައެއް ދާއިރާތަކަކީ ކީރިތި ޤުރްއާންކިޔެވުމާއި އުނގަންނައިދިނުމާއި ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ އާއި އިޖުތިމާޢީ ރައްކާތެރިކަމާއި، އިންސާނީ ޙައްޤުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ހިތްވަރާއި ހުނަރާއި ޢިލްމީ ގޮތުން ހޯދާ ކާމިޔާބީތަކަށް ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމު ޙައްޤުވާ ފަރާތްތައްވެސް ކަނޑައަޅާނީ ރައީސް އައްޔަންކުރައްވާ ޙާއްސަ ކޮމެޓީއަކުންނެވެ.

މި އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތިނަން ހޯދާއިދޭ ފަރާތްތަކުގެ ކާމިޔާބީއާއި ހިތްވަރާއި ހުނަރާއި މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމާއި ޢިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފު ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލުކޮށް، އެފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިސްރާބު ކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް