ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 17:07
ހޯމް މިނިސްޓަރު އަޒްލީން
ހޯމް މިނިސްޓަރު އަޒްލީން
މުހައްމަދު ޝަރުހާން
ހޯމް މިނިސްޓަރު އަޒްލީން
މާލޭގައި ހިނގާ ދިޔަ މަރުގެ ހާދިސާތަކާ މާރާމާރީތަކާ ގުޅިގެން ވިހި މީހަކު ހައްޔަރު ކޮށްފައިވޭ
މަރުގެ ހުކުމް ތަންފީޒް ކުރަން ސަރުކާރު އޮތީ ތައްޔާރަށް
ހަމަ ނުޖެހުން ހިންގާ މީހުންގެ ފަހަތުގަައި ސިޔާސީ ބަޔަކު ތިބިތޯ ބަލަނީ

މާލޭ ގައި ފަހަކަށް އައިސް ހިނގާ ދިޔަ މަރުގެ ހާދިސާ ތަކާއި އަދި މާރާމާރީ އާއި ގުޅިގެން 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަޒްލީން މިހެން ވިދާޅުވީ އަންގާރަ ދުވަހު ހޯމް މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

މިނިސްޓަރ ވިދާޅުވީ މިކަމާ ގުޅިގެން ފުލުހުން ވަނީ ފިޔަވަޅުތަކެއް އަޅާފައި ކަމަށާއި މިހާރުވެސް މިމާރާމާރީތަކާ ގުޅިގެން 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހައްޔަރު ކުރެވިފައިވާ ފަރާތްތަކަކީ އެކިއެކި ގުރޫޕްތައް އެކުލެވޭ ގޮތުން ހައްޔަރު ކުރެވުނު ފަރާތްތަކެއް ކަމަށެވެ. 

އަޒްލީން ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިތުރަށް މިފަދަ މާރާމާރީތަކާއި ގުރޫޕް ހަމަލާތައް ދިނުން ހުއްޓުވުމަށްޓަކއި ފުލުހުންނާ ސިފައިން ގުޅިގެން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށާއި  އެފަދަ ފަރާތްތައް ހައްޔަރު ކުރުމުގެ ފަސޭހައަކަށް ރައްޔިތުންގެ ފަރާތުންވެސް އެފަދަ ފަަރާތްތައް ތިބޭ ތަންތަން ހާމަކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ފުލުހުންނާ ސިފައިން ހަރަކާތެރިވަނީ ހަމައެކަނި ސިޔާސީ ކަންކަން ހުއްޓުވުމަށް ކަމަށް ބައެއް މީޑިޔާތަކުން މައުލޫމާތު ފަތުރާކަމަށް ވިދާޅުވެ އެކަމަށް ރައްދު ދެއްވަމުން އަޒްލީން ވިދާޅުވީ މާލޭގައި ހިންގާ މުޒާހަރާތަކާއި ސިޔާސީ ކަންކަމުގެ އިތުރުން މާރާމާރީތައް ހުއްޓުވުމަށްޓަކައި އެކުއެކީގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް ޤައުމުގެ އަމަންއަމާން ކަމާއި ސުލްހަ މަސްލަހަތައް އިސްކަން ދެއްވާނެ ކަމަށާއި އެކަން ކުރެއްވުމަށްޓަކއި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. 

އަޒްލީން ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މީގެ ދެހަފުތާއެއްހާ ހަމައަށް ދިވެހިރާއްޖެ އޮތީ ވަރަށް އަމާން އޮމާން ކަމާއެކު ސުލްހަވެރިކަމާއި ވަރަށް ދިވެހިވަންތަ ކަމާއެކު ރައްޔިތުން ދިރިއުޅެމުން ކަމަށެވެ. ނަމަވެސް ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެ ފަހަރަކު އަންނަނީ މުޖުތަމައު ހަލަބޮލިވާ ކަންކަން މެދުވެރިވަމުން ކަމަށެވެ. މިއީ އިއްތިފާގެއްތޯ ނުވަތަ ބަޔަކު ގަސްދުގައި ކުރާ ކަމެއްތޯ އަދި ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އެގޮތުން މިފަހަރުގެ މާރާމާރީތަކާއި ސިޔާސީ ބަޔަކާ ގުޅުން އޮތްތޯ ބަލަމުންދާ ކަމަށާއި އެކަމުގެ ޙަޤީގަތް އެނގޭނީ ތަހުގީގް ނިމުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

 

- ކޮމެންޓް