Advertisement
ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 16:40
ގާސިމްގެ ގާނޫނީ ވަކީލުން
ގާސިމްގެ ގާނޫނީ ވަކީލުން
ފާތިމަތު ޝަނާ މުހައްމަދު
ގާސިމްގެ ޝަރީއަތް
ގާސިމްގެ ޝަރީއަތް ސިއްރުކުރި މައްސަލަ މުރާޖައާ ކުރުމަށް ކޯޓުގައި އެދިއްޖެ
ގާސިމްގެ ޝަރީއަތް ސިއްރުކުރުމުން ހިނގާދިޔަ އެއްވެސް ކަމެއް ހިއްސާނުކުރޭ
ސިއްރުކުރި މައްސަލަ މުރާޖައާކޮށް ގޮތެއް ނިންމާ އަންގާނެ
ދައުލަތުންވެސް ސިއްރުކުރުމަށް އެދިފައެއް ނުވޭ

ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޝަރީއަތް ސިއްރުކުރުމާއި ގުޅިގެން އެ ނިންމުން މުރާޖައާކުރުމަށް އެދިފައިވާ ކަމަށް ގާސިމްގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ހިސާން ވިދާޅުވީ، މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، ދައުލަތުންވެސް ސިއްރުކުރުމަށް އެދިފައިނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ހިސާން ވިދާޅުވީ، ކޯޓުގައި މިގޮތަށް އެދުމުން، އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ފަހު  އަންގަވާނެ ކަމަށް  ކޯޓުން ޖަވާބު ދިންކަމަށެވެ.

ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާ ގާސިމްގެ މައްޗަށް ދައުލަތުން ފުރަތަމަ އުފުލީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ދަނިކޮށް، ޖުލައި މަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ދައުލަތުގެ ވަކީލުން ގަސްތުގައި ހާޒިރުނުވުމުން އެ މައްސަލަ ބާތިލްކޮށް، ކޯޓުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބާތިލް ކުރުމުން، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ އަލުން އަނބުރާ އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލައިގައި ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް އާރިފް ވަނީ ފަހުން އުފުލި ދައުވާގެ ސީޣާގައި ވެސް ހަމަ އެއްވާހަކަތަކެއްކަން ފާހަގަކުރައްވާ، ބާތިލްކުރި ގަޒިއްޔާ، ބާތިލްކުރުމާ ހަމައަށް ކުރިއަށް ގޮސްފައިވާ ހިސާބުން ފެއްޓެވުމަށް ނިންމަވާފައެވެ. އަދި 25 ވަނަ ދުވަހުގެ ރެއަށް ވެސް އަޑުއެހުމެއް ތާވަލުކުރިއެވެ.

ނަމަވެސް ގާސިމްގެ ބަލިހާލަތު ހުރިގޮތުން އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދުމުން ގާޒީ ވަނީ އަޑުއެހުން ކެންސަލް ކުރައްވާފައެވެ. އެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ ނޫސްވެރިންނާއި އާންމުން ނުވައްދާ ސިއްރުކޮށްގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް