Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2024 | ބުރާސްފަތި 12:26
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ތ.އަތޮޅު ކައުންސިލާއި ރައީސް ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ތ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި
ރައީސް ވިދާޅުވީ ތ.އަތޮޅު ހޮސްޕިޓަލު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް
ތ އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް ޑރ.މުހައްމަދު މުއިއްޒުއާ ވަނީ ހިއްސާކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އަންގާރަ ދުވަހުގެ ރޭ ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ތ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް ޑރ. މުއިއްޒުއާ ހިއްސާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ތ އަތޮޅުގެ ކައުންސިލުން ވަނީ އަތޮޅުގެ ތަރައްޤީއަށް އެންމެ ބޭނުންވާނެ ކަންތައްތައް ރައީސާއި ހިއްސާކުރައްވާފައެވެ.

Advertisement

އެގޮތުން އަތޮޅު ހޮސްޕިޓަލަކީ ޒަމާނީ ޚިދުމަތްދޭ ތަނަކަށް ހެދުމަށާއި، އަތޮޅުގައި ހަތަރު ރަށެއް ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ބޭނުންވާކަމަށް ކައުންސިލުން ފާހަގަކުރިއެވެ. އަދި ތ. އަތޮޅުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކާއެކު އިކޮނޮމިކް ޒޯނެއް ޤާއިމުކުރުމަށް ބޭނުންވާކަމުގައި ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ތ. އަތޮޅުގައި ހުރި މަސް ފެކްޓްރީ ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި އަތޮޅު ތެރޭގައި ދަތުރުފަތުރު ކުރުމުގައި ހުރި ގޮންޖެހުންތައް ވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވާފައެވެ.

މިކަމާ ގުޅިގެން ރައީސް ވިދާޅުވީ ހޮސްޕިޓަލު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް