Advertisement
ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 07:21
މިނިސްޓަރު ޝައިނީ، މާލޭގެ އެކި ސަރަހައްދުތަކުގެ ޒުވާނުންނާއެކު
މިނިސްޓަރު ޝައިނީ، މާލޭގެ އެކި ސަރަހައްދުތަކުގެ ޒުވާނުންނާއެކު
ޓްވިޓަރ
ޝައިނީ- މައުމޫން
މާރާމާރީއާއި ހުޅުޖެހުމުގެ ތުހުމަތު "ގަޓު" ޝައިނީ، ރައީސް މައުމޫނަށް ކުރައްވައިފި
ރައީސް މައުމޫން ޓެގްކޮށް ކުރެއްވި ޓްވީޓެއް
ފުރާނަ ދުއްވާލުމާއި ރޯކުރުން ބަލައި ނުގަނެވޭ
މާރާމާރީތަކާ ގުޅިގެން ޝައިނީގެ ސަރުކާރުން ބަހެއް ނުބުނޭ

މާރާމާރީއާއި ހުޅުޖެހުމުގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ  ތުހުމަތު ކުރައްވައިފި އެވެ.

ހަފްތާއެއްގެ ތެރޭގައި މާލޭގައި ގިނަ އަދަދެއްގެ މާރާމާރީ ހިންގައި، އެތައް ބަޔަކު ޒަހަމްކޮށް، ދެ މީހަކު ވަނީ މަރާލާފައެވެ. ހޯމަ ދުވަހުގެ ރޭ ގަރާޖެއްގެ ތެރޭގައި ހުރި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާއިރު، ބުރާސްފަތި ދުވަުހުގެ އިރާކޮޅު ކެފޭއެއްގެ ތެރޭގައި އިން ޒުވާނަކަށް ތޫނު އެއްޗަކުން ދިން ހަމަލާއަށް ފަރުވާ ހޯދަމުންދަނިކޮށް ވަނީ މަރުވެފަ އެވެ.

ދާދި ފަހުން "ޒުވާނުންނާއެކު" ކާނިވަލުގައި "ގަޓު" ދެއްކެވި ޝައިނީ ވަނީ އެ ކަންކަމުގެ ތުހުމަތު ރައީސް މައުމޫނަށް ކުރައްވާފަ އެވެ.

ޝައިނީ ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމު ހަލަބޮލިކުރުމަށް ޒުވާނުންގެ ފުރާނަ ދުއްވާލައި ތަންތާ ރޯކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ޝައިނީގެ އެ ޓްވީޓުގައި ރައީސް މައުމޫން ޓެގް ކުރައްވާފައިވެއެވެ.

ޝައިނީގެ ޓްވީޓުގައި ތަންތަނުގައި ރޯކުރުމުގެ ވާހަކަ ދައްކަވާފައިވާއިރު، ހޯމަ ދުވަހު ވަނީ މަޖިލިސް ފާހާނާއެއް ތެރޭ ރޯކޮށްލާފަ އެވެ. އެކަމާ ގުޅިގެން މަޖިލިސް ޖަލްސާތައް ވެސް ވަނީ މެދުކަނޑާލާފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން ދެއްވަން ހަމަޖެހިފައިވަނިކޮށް، މަޖިލިސް ކުރާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އެއަށްފަހު ރައީސް ޔާމީން ރިޔާސީ ބަޔާން ދެއްވީ ދަރުބާރުގޭގަ އެވެ.

ހަފްތާއެއްގެ ތެރޭގައި ދެ މީހުން މަރައި، ގެދޮރަށް ވަދެ ވަޅި ޖަހައި މާރާމާރީ ހިންގަމުންދާއިރު ޝައިނީ މިނިސްޓަރުކަން ކުރައްވާ ސަރުކާރުން އަދި މިހާތަނަށް އެއްޗެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. މި ފަހުން ހިނގި ދެ މަރާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވެސް ނުވެ އެވެ.

ކުށްކުރުން ހުއްޓުވުމުގެ ބަދަލުގައި ސިޔާސީ މީހުން ހިފާހައްޔަރުކުރުމުގައި ފުލުހުންގެ ވަސީލަތާއި ވަގުތު ބޭނުންކުރާތީ ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ފުލުހުންނާއި ހޯމް މިނިސްޓްރީއަށް ފާޑު ކިޔަމުންނެވެ. 

މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ޒުވާނުންނާ ކާނިވަލުގައި ބައްދަލުކުރައްވައި ޝައިނީ ވިދާޅުވެފައިވަނީ ސަރުކާރުގައި "ގަޓު" އެބަހުރި ކަމަށާއި ޒުވާނުންނާއެކު ޒުވާނުން ބޭނުންވާ ކަންތައް ކުރުމަށް ގަޓު ހުރި ކަމަށެވެ.

"ހިތާމައަކީ ބައެއް ބޭފުޅުންނަށް އޮޅިވަޑައިގެން އުޅުއްވަނީ އަޅުގަނޑުމެން ތަންކޮޅެއް މަޑުމަޑުން، މައިތިރިކޮށް ތިބީމަ އަޅުގަނޑުމެންގެ ގަޓްސްއެއް ނުހުންނާނެއޭ. އަޅުގަނޑުމެންގެ ގަޓްސް އެބަހުރި. އިރާދަ ކުރެއްވިއްޔާ ތި ޒުވާނުންނާއެކު ޒުވާނުން ބޭނުންވާ ކަންތައް ކުރުމަށް އަޅުގަނޑުމެން ވެސް ގަޓްސް އެބަހުރި،" ޝައިނީ ވިދާޅުވެފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް
1 އޯގަސްޓް 2017 | އަންގާރަ 14:16
ހިސްޓޯ ބްރޯ
އެންމެ ފަހުން ގަޓްހުރި ބްރޯ އެއްގެ ގޮތުގައި ފެނުނުނީ އަދީބްުރޯ. ނިމުނީ ޖަލުން. ކިހާވަރަކުން ދާނެބާ؟
1 އޯގަސްޓް 2017 | އަންގާރަ 11:07
ދުވާފަރު ދަންޑަހެލު
މީގެ ކުރިންވެސް ސައިނީ އަކީ ހުޅުޖެހުމުގެ ތުހުމަތުތަކެއް ކުރެވޭ ބޭފުޅެއް. އެގޮތުން 12 ފެބްރުއަރީ 2016 ގައި ބޮޑު ހުޅުޖެހުމެއް ރާވަމުންދިޔަ މީހަކު ހައްޔަރު ކުރިއިރު މިނިސްޓަރެއްގެ މެސެޖެއް އޮތް އެ މެސެޖް ފޮނުވީ ކޮން މިނިސްޓަރެއްކަން ރައްޔިތުންނަކަށް ނޯޅޭ. މިއަދުވެސް ހުޅުޖެހުމެއް މާރާމާރީއެއް ހިންގައިފިނަމަ އެކަމުގެ ފަހަތުގައި ތިއްބަވާނީ ތިޔަ މިނިސްޓަރުން ކަމާއިމެދު ސައްކެއްނެތް!
1 އޯގަސްޓް 2017 | އަންގާރަ 10:13
މާނާވަގުޔަޤީން
މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަން ނުކެރުނީމަ އެކަން ކެންސަލު ކުރަން މަޖިލީހުގައި ރޯކޮށްލަން ކެރޭނީ ވަރަށް ގަޓޫ ހުރެގެން. ހަމަ އެހެން މަޖިލީހުގެ މެޖޯރިޓީ މެންބަރުން އިތުބާރު ނެތްކަމަށް ކަނޑައެޅީމަ މަސީހު ބިރުން ޖަލްސާ ބާއްވަން ނުކެރުނީމަ ޖަލްސާ ކެންސަލު ކުރާނެ އުޒުރަކަށް މިހެދީ މަޖިލީހުގެ ފާޚާނާއެއްގެ ވަތުބަތާނައިގަ އޮތް ހުދުކުލައިގެ ނުރައްކާތެރި ކެމިކަލެއް އުނގުޅިފައި ހުރި ( ގަޓުހުރި ބޭފުޅެއްގެ އެއްޗެއް ކަމަށް ބެލެވޭ) ބާ ޓިސުލެއްގައި ގުރޯވުން. މިއިން އެތައް މިލިޔަން ދަރިފަންޏެއް މަރުވި ކަމަށް ތުހުމަތު ކުރެވޭތީ މަޖިލީހުގައި ތިބި އިދިކޮޅު ހުރިހާ މެންބަރުން ހައްޔަރުކޮށް ޓެރަރިޒަމްގެ ދަޢުވާކޮށް ޝަރީއަތް ފެށެންދެނާ ނިމެންދެން (20 ) އަހަރު ވަންދެން ޖަލުބަންދުގައި ބައިތިއްބާވަ 3 ދުވަހަށް ގޭބަންދަށް ޙުކުންކުރީމަ ސަޅިއޭ.
1 އޯގަސްޓް 2017 | އަންގާރަ 10:05
ހައްވަ
ޔާމީނަކާ ގޭންގްތައް ވަތްކެއް ނުވާނެ. މިކަން ހިންގަނީ ޗަކަސްބެ ޝައިނީ
1 އޯގަސްޓް 2017 | އަންގާރަ 08:42
ސަން ޝައިން
ބްރަދަރ މައޫމޫނު އިހަކަށްދުވަހުވެސް ކާނިވާ ސަރަހައްދުގަ ޒުވާނުން ތަކެއް އެއްކޮންގެން ބޭއްވި އެއްވުމެއްގަ ޒުވާނަކު ބުނި އަޑު އެހިން ތިމަންނައަކީ ގޭންގަކަށް ނިސްބާތްވާ މީހަކޭ، އެއަޑު ޝައިނީ ކަލެއަށް އިވުނުތޯ ބަލާލީ ، އެއިރުން ގޭންގުތަކާއި މައުމޫނާ އޮތްގުޅުން ރައްޔިތުންނަށް ހާމަކޮށްދޭން ތަންކޮޅެއް ފަސޭހަވާނެ
1 އޯގަސްޓް 2017 | އަންގާރަ 08:14
ވަގު
ބަލަ ޝައިނީ...ކަލޭއަކަށް މައުމޫނު ޢަބުދުލް ޤައްޔޫމް ބޮލުގައި ތިކަހަލަ ތުހުމަތު ތަކެއް ނޭޅުވޭނެ. ﷲ އިރާދަފުޅާއެކު ކަލޭ ބަލިވެ ބިކަވެ އުޅޭދުވަސް އަދި އަންނާނެ. ފައިސާގެ ދަހިވެތިކަމުގައި ކިޔޭ ނުކިޔޭ އެއްޗެއް ނޭނގިގެން ތި އުޅެވެނީ
1 އޯގަސްޓް 2017 | އަންގާރަ 08:10
މަލިކުމީހާ
މިހާރު ޝައިނީގެ ގަޓް ދައްކަމުން އެގެންދަނީ އެއީ ގަޓްހުރެގެން ކުރާ ކަންކަމަކީ ހީލަތްތެރި ރޭވުމަކުން ޒުވާނުން ގެ ބޭނުން އަމިއްލަ ފައިދާއަށް ހިފަނީ