Advertisement
ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 04:03
ފަލަސުރުޚީ ޕްރޮގްރާމްގައި ރޮޒެއިނާ ވާހަކަފުޅު ދައްކަވަނީ
ފަލަސުރުޚީ ޕްރޮގްރާމްގައި ރޮޒެއިނާ ވާހަކަފުޅު ދައްކަވަނީ
ރާއްޖެ އެމްވީ
ރައީސް ޔާމީން
ރައީސް ޔާމީނަށް ވޯޓުން އެއްވެސް ކަމެއް ނިންމަވަން ކެރިވަޑައެއްނުގަންނަވާ: ރޮޒެއިނާ
ވޯޓެއް ނަގައިފިއްޔާ ބަލިވާ މަންޒަރު ފެނިގެންދާނެ
މަޖިލީހުގައި ތަޅު އެޅުވުމަކީ ވާޖިބުތަކަށް ހުރަސް އެޅުން
އެއްވެސް ފުލުހަކުވެސް އަދި ސިފައިންގެ މީހަކު، އެއްވެސް ދިވެހިރައްޔިތަކަށް އަނިޔާކޮށްގެންނުވާނެ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ވޯޓުން އެއްވެސް ކަމެއް ނިންމަވަން ކެރިވަޑައިނުގަންނަވާނެ ކަމަށާއި ވޯޓެއް ނަގައިފިނަމަ އެމަނިކުފާނު ބަލިވާ މަންޒަރު ފެނިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ރައްޔިތުން މަޖިލީހުގައި ތަޅު އެޅުވުމަކީ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ވާޖިބަށް ހުރަސް އެޅުން ކަމަށާއި އެކަމަނާ މަޖިލީހުގައި މަސައްކަތްކުރައްވާތާ 9 އަހަރުވެފައިވާ އިރު ދުވަހަކުވެސް ރައްޔިތުންގެ މަޖިލީހަށް، މަޖިލީސް މެމްބަރުންނަށް ނުވަދެވޭނެކަން، މަޖިލީހުން އަންގަވައިފައިވާ ކަން އަދި އެހެން ފަރާތަކުން އެކަންކުރިތަންވެސް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ. ކޮންމެ ގައިރުޤާނޫނީ ކަމެއްކޮށް ނިމުމަށްފަހު އެކަމެއްގެ ޒިންމާ ނަގާނެ ފަރާތެއް ނުހުންނަކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ އެއީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

"މަޖިލިސް ތެރެއަށް ފުލުހުން ވަތްއިރު ކާކުގެ އަމުރަކަށް ކަމެއް ނޭނގެ ފުލުހުން މަޖިލިސް ތެރެއަށްވަނީ. ރައްޔިތުންގެ މަޖިލީސް ތެރެއަށް ފުލުހުންނަކަށް ނުވަދެވޭނެ. އެއީ ފުލުހުންނަށް ވަނުން ހުއްދަ އޮންނަ ތަނެއް ނޫން" ރޮޒައިނާ ވިދާޅުވިއެވެ.  

ރައްޔިތުން މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ފެށުމުގެ ކުރިން ސިފައިން މަޖިލީސް ތެރެއަށް ވަތްކަން ފާހަގަކުރައްވާ ރޮޒެއިނާ ވިދާޅުވީ، ސިފައިން މަޖިލީސް ޗެންބަރ ތެރެއަށް ވަނުމަށްޓަކައި އޮންނަ ހަމައެކަނި ހާލަތަކީ ނިޒާމު ގެއްލިގެން މަޖިލީހުގެ ރައީސް މެމްބަރެއްގެ ނަން އިއްވުމަށްފަހު، ލިޔުމުން އެކަން ސިފައިންނަށް އެންގެވުމުން ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ދިވެހި ފުލުހުންނާއި ސިފައިން، އެއްވެސް ދިވެހިރައްޔިތަކަށް އަނިޔާކޮށްގެންނުވާނެ ކަމަށާއި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުނު ހިސާބުން، މެމްބަރުން ހައްޔަރުކުރުމާއި މެމްބަރުންނަށް ބިރުދެއްކުމާއި މެމްބަރުން ކަސްތޮޅު އެޅުވުމަށްޓަކައި އަމުރުތައް ހޯދާ މަންޒަރު ފެނިގެންދާ ކަމަށެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހައްޔަރުކޮށްފައިވަނީ އެ ހަތަރު މެމްބަރުންގެ ކުށެއް އޮވެގެން ނޫންކަމަށާއި އެ ހަތަރު މެމްބަރުންނަކީވެސް ޤާނޫނީ ގޮތުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކުރެވެންޖެހޭނެ މެމްބަރުން ކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް