ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 22:42
އަލިފާނުގެ ހާދިސާ ހިނގި ރައްޔިތުންގެ މަޖިލިސްގެ ފާޚާނާ
އަލިފާނުގެ ހާދިސާ ހިނގި ރައްޔިތުންގެ މަޖިލިސްގެ ފާޚާނާ
ރާއްޖެ އެމްވީ
މަޖިލިސް
މަޖިލީހުގެ ފާޚާނާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާދަމާގެ ޖަލްސާ ކެންސަލް ކޮށްފި
ޖަލްސާ ކެންސަލް ކުރީ މަޖިލިސް ޢާއްމު ހާލަތަކަށް ގެންނަން
ޖަލްސާ ކެންސަލް ކުރިކަން މެންބަރުންނަށް ވަނީ އަންގާފައި
ދެން ޖަލްސާއެއް އޮންނާނެ ވަކި ދުވަހެއް ނާންގާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އަންގާރަ ދުވަހު ބާއްވަން ތާވަލް ކުރި އެމަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްފިއެވެ.

އެކަން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ މެންބަރުންނަށް ވެސް އަންގާފައެވެ.

ރައްޔިތުންގެ މަޖިލީހުން ޖަލްސާ ކެންސަލް ކުރިކަން އަންގާ މެންބަރުންނަށް ފޮނުވި މެސެޖްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހޯމަ ދުވަހު އިރުއޮއްސެން އުޅެނިކޮށް ހިނގި އަލިފާނުގެ ހާދިސާ އަކާއި ގުޅިގެން ތަން ޢާއްމު ހާލަތަކަށް ގެނައުމަށާއި ކަމާ ގުޅޭގޮތުން އަޅަންޖެހޭ އެހެން ފިޔަވަޅުތައް އެޅުމަށް ވަގުތު ބޭނުންވާތީ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވާ ގޮތަށް ހަމަޖައްސާފައިވާ  ކަމަށެވެ. އަދި ދެން ޖަލްސާއެއް އޮންނާނެ ތާރީޚެއް ފަހުން އަންގަވާނެ ކަމަށް މެންބަރުންނަށް ފޮނުވި މެސެޖްގައި ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެމަޖިލީހުގެ ފާޚާނާއެއްގައެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މަޖިލީހުގެ އިދާރާގެ ފާހާނާގައި އަލިފާނުގެ ހާދިސާއެއް ހިނގިކަން ރިޕޯޓް ކޮށްފައި ވަނީ މިރޭ 6:00 ހާއިރު ކަމަށެވެ. ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ  ކަމަށާއި މި ހާދިސާގައި  އެެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އަލިފާން ރޯވުމަށް މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން ނުބުނެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ކަރަންޓް ކަނޑާލި އެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އެއްވެސްް ވާހަކައެއް ބުނެފައި ނުވާއިރު، ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވިދާޅުވީ މިއީ ގަސްދުގައި ބަޔަކު ކޮށްފައިވާ  ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

 

- ކޮމެންޓް
1 އޯގަސްޓް 2017 | އަންގާރަ 08:58
އަބްދު
Faahaanaa akee fire risk emme kuda than. Faahaanaa ga alifaan roavivaahaka ahaafa ma hee hee halaaku vejje. s