Advertisement
ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 22:30
މާރާމާރީ ހިނގި ގަރާޖު
މާރާމާރީ ހިނގި ގަރާޖު
ރާއްޖެ އެމްވީ
މާރާމާރީ ހިންގުން
މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން ވަޅިން ހަމަލާދިން ޒުވާނާ މަރުވެއްޖެ
މަރުވެފައިވަނީ 25 އަހަރުގެ ޒުވާނެއް
މިހާދިސާ ހިނގާފައިވަނީ 09:10 ހާއިރު
ވަޅިން ހަމަލާދިނީ މާސްކު އަޅައިގެން ތިބި ބަޔަކު އައިސް

މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން ވަޅިން ހަމަލާދިން ޒުވާނާ މަރުވެއްޖެ އެވެ.

ހަމަލާދީ ފައިވަނީ ހަދީބީ މަގުގައި ހުރި ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ހުރި ޒުވާނަކަށެވެ. 

 މިހާދިސާގައި ޒަހަމްވި ޒުވާނާ މަރުވިކަން އޭޑީކޭ ހޮސްޕިޓަލުގެމެނޭޖިންގް ޑިރެކްޓަރ އަހްމަދު އަފްއާލް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ހޯމަ ދުވަހުގެ ރޭ 9:10 ހާއިރު ޒަހަމްކޮށްލި މި ޒުވާނާގެ މޭގެ އެކިތަންތަނަށް ހަމަލާދީފައިވެ އެވެ.

މަންޒަރު ފެނުނު ބައެއް މީހުން ބުނި ގޮތުގައި ޒުވާނާ އަށް ހަމަލާދިނީ ތިން ސައިކަލުގައި ދިޔަ ބައެވެ.

"އޭނާގެ މޭގެ އެތައް މިތަނަށް ހުރީ ވަޅި ޖަހާފައި. ލޭގެ ކޯރެއް އޮތީ ހެދިފައި. " މައުލޫމާތު ދިންމީހާ ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިހާދިސާގައި މަރުވެފައިވަނީ ރ. މީދޫއަށް ނިސްބަތްވާ ޒުވާނެކެވެ. މުހައްމަދު އަނަސް ނަމަކަށް ކިޔާ މި ޒުވާނާގެ އުމުރަކީ 25 އަހަރެވެ.

އަނަސް ބޭބެއެއް ރާއްޖެއެމްވީއަށް ކިޔާދިން ގޮތުގައި މަރުވި ޒުވާނާ ވަޒީފާ އަދާކުރަނީ ލޯންޗެއްގައި ކަމަށާއި ލިޓަސްއަށް ގޮސްފައިވަނީ ރައްޓެއްސަކާ ބައްދަލުކުރުމަށް ކަމަށެވެ.

އޭނާއަކީ އާންމުކޮށް ވެސް އެތަނަކަށް ގޮސް އުޅޭ ކުއްޖެއް ކަމަށާއި މިރޭ އެ ހާދިސާ ހިނގައިފައިވަނީ އެތަނަށް އޭނާ ދިޔަތާ ބައި ގަޑިއިރުވެސް  ނުވަނީސް ކަމަށް އޭނާގެ ބޭބެ ބުންޏެވެ.

 މިހާދިސާ ހިނގައިފައިވާ އިރު ބުރާސްފަތި ދުވަހު ވެސް ވަނީ ވަޅިން ހަމަލާ ދީފައެވެ. އެ ޒުވާނާ މަރުވެފައި ވަނީ ހޮނިހިރު ދުވަހު ހަވީރު އެވެ. މަރުވި ޒުވާނާއަކީ ހއ. ތަކަންދޫ އިބްރާހިމީ ހިޔާ، ނަދީމް އަބުދުއްރަހްމާން އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
1 އޯގަސްޓް 2017 | އަންގާރަ 00:18
ޭައަލިތަކުރު
ޤައުމުގެ ވެރިޔާއާއި އާޚިރަތް ދުވަހު ސުވާލުކުރެވޭނެ ސަލާމަތީ ބާރުތައް ބޭނުންކުރީ ރައްޔަތުން ރައްކާތެރިކުރަން ތޯ ނުވަތަ ވަޒީރުންނާއި އަމިއްލަ ސަލާމަތަށްތޯ! މުޅި ފުލުހުންގެ މުއައްސަސާ ބޭނުންކުރެވެނީ ޓްރެފިކް ސްޓިކާޖެހުމާ ސިޔާސީ ކަންކަމުގައި. އެކަން ކުރުމަށް ކުޑަމުސާރަދީފައި ބަންގާޅިއަކާ ހަވާލުކުރިޔަސް ފުލުހުންނަށް ހަޤީޤީ ކަންކަމުގައި އުޅެން ފުރުސަތުލިބުމާއެކު އެތަށް ފައިސާއެއް ސަލާމަތްކުރެވޭނެ. ޢަމިއްލަ ފުރާނަ ލޯންޗު ހާދިސާގައި ސަލާމަތް ކުރެއްވީ ﷲ. ޢެކަން ހަނދުމަކޮށް އޯގާތެރި ތެެދުވެރި އަޅަކަށް ވާށެވެ.
31 ޖުލައި 2017 | ހޯމަ 23:06
ބޯހުދު
ސަރުކާރާ ދިފާއީ ބާރުތަކާ ތަޙްޤީޤީ އިދާެާތަކުން އަބަދުވެސް ބަލަމުންދަނީ ވެރިކަން ދިފާޢުކުރެވޭތޯ އަދި ސިޔާސީ މީހުން ފަހާ އެމީހުންގެ ބޮލުގައި ތުޚުމަތުތައް އަޅުވައި މަޖިލީހުގެ މެމްބަރުންގެ ގޮނޑިތައް ގެއްލުވާލައި އެބައިމީހުންގެ ބާރު ކަނޑުވާލެވޭތޯ ރައްޔިތުން ބިރުވެރިކަމުގަ އަމާންކަމެއްނެތި ބޭރަށް ނުކުންނަން ނުކެރިފަ ތިއްބަސް މަސް އެއްޗެހި ކަތިލާހެން އިންސާނުން ކަތިލައި ލޭގެ ކޯރުތަށް ބިންމަތީ ދެމެމުންދިޔަސް އެކަން ހުއްޓުމަށް ސަލާމަތީ ބާރުތަކުން ކުރާކަމެއް އަލާ ފިޔަވަޅެއް ނުފެނޭ ދެމީހަކު ތާކަށް އެއްވެ އަޑު އުފުލިޔަސް އަޑު ނުއުފުލިޔަށް ފުލުހުންގެ ފައުޖުތައް އެތާކަށް ދެވޭ އަދި އެކަން ހުއްޓުވޭ މަޖިލީހުގެ މެމްބަރުން މަޖިލީސްކުރާ ގެޔަށް ވަނަނުދީ އެތަށް ބަންދުކޮށް އަދި އެތަނަށްވަތް މެމްބަރެއްވިއްޔާ އަނިޔާކުރުމަށްފަހު ބޭރުކުރެވޭ މީދެން ކިހާ ބޮޑު އަރަތެއްބާ؟ ސަލާމަތީ ބާރުތަކުގެ ދައުރަކީ ހަމަ އެކަނި މިއީބާ؟