Advertisement
ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 19:23
މަޖިލީހުގެ ފާހާނައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއެކު މަޖިލީހުން ކަރަންޓް ކަނޑާލާފައި
މަޖިލީހުގެ ފާހާނައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއެކު މަޖިލީހުން ކަރަންޓް ކަނޑާލާފައި
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
މަޖިލީހުގެ އިދާރާގެ ފާހާނާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ

ރައްޔިތުންގެ މަޖިލީހުގެ ފާހާނައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މަޖިލީހުގެ އިދާރާގެ ފާހާނާގައި އަލިފާނުގެ ހާދިސާއެއް ހިނގިކަން ރިޕޯޓްކޮށްފައި ވަނީ މިރޭ 6:00 ހާއިރު ކަމަށެވެ. ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި މި ހާދިސާގައި އެެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އަލިފާން ރޯވުމަށް މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން ނުބުނެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ކަރަންޓް ކަނޑާލި އެވެ. 

މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އެއްވެސްް ވާހަކައެއް ބުނެފައި ނުވާއިރު، ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވިދާޅުވީ މިއީ ގަސްދުގައި ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް