Advertisement
ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 13:02
ޏ.ފުވައްމުލަކު
ޏ.ފުވައްމުލަކު
ގޫގްލް މެޕްސް
ޏ ފުވައްމުލަކު
ފުވައްމުލަކުގައި ޒުވާނަކު ގެނބިގެން މަރުވެއްޖެ
މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެއް
ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް

ފުވައްމުލަކުގައި މޫދަށް އެރުނު މީހަކު ގެނބިގެން މަރުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މީހާ ގެނބިގެން ފަރުވާ ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 7:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

Advertisement

ޑޮކްޓަރުންނާ ޙަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް