ރައްޔިތުންގެ މަޖިލިހުގެ ޕެޓިޝަން ކޮމިޓީއަށް މިއަދު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ހާޒިރު ކުރުމަށް ފާސްކޮށްފައިވަނިކޮށް، ކޮމިޓީގެ ބައްދަލުވުމަށް ފާރިސް ހާޒިރުކޮށް ނުދިން ވާހަކައަކީ ހަގީގަތެއް ނަމަ، އެއީ ކަރެކްޝަންސް އިން މަޖިލީހުގެ ހުރުމަތް ކެނޑުން ކަމުގައި ފާރިސްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
If reports that @afarismaumoon was transferred to Maafushi without being taken to Majlis are true, @Corrections_Mv are in contempt of Majlis
— Maumoon Hameed (@maanhameed) July 31, 2017
ފާރިސްގެ މައްޗަށް ދައުލަތުން ކޮށްފައިވާ، ޝަހުސް އޮޅުވާލުމުގެ ދައުވާ އަށް، ކަރެކްޝަންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި މިވަގުތު ހުންނެވި، ފާރިސް މައުމޫނު ހޯމަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން، ކޯޓުގައި އޮތް އަޑު އެހުމުގައި، ފާރިސްގެ ފަރާތުން ވަނީ މަޖިލީހަށް ހާޒިރުވުމުގެ ހުއްދައަކަށް ކޯޓުގައި އެދިވަޑައިގެންފައެވެ. އަދި ފާރިސްގެ އެދިވަޑައިގަތުމާ ގުޅިގެން، މިއަދު ހެނދުނު އޮތް ޝަރީއަތުގެ މަޖިލިސް ހަވީރު 5:00 ށް އަލުން ތާވަލު ކުރަން، ކްރިމިނަލް ކޯޓުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިންކާރު ނުކުރާ ކަމަށް ބުނުމުން ގާޒީ ވަނީ އެ ފުރުސަތު ފާރިސް އަށް ދެއްވުމުގެ ގޮތުން ޝަރީއަތުގެ މަޖިލިސް ކުރުކޮށްލައްވާފައެވެ. ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ، މަޖިލިހަށް ހާޒިރުކޮށްދިނުމަކީ ކޯޓުގެ މަސައްކަތެއް ނޫން ކަމަށާއި، އެކަން ކުރާނީ ކަރެކްޝަންއިން ކަމަށެވެ.
At today's hearing, @afarismaumoon asked to be allowed to attend Majlis. PG & Criminal Ct had no objections. Hearing to resume at 5 p.m.
— Maumoon Hameed (@maanhameed) July 31, 2017
ކޯޓުން މިގޮތައް ނިންމުމުން ބެލެވިފައި އޮތީ، މަޖިލީހުގެ ކޮމިޓީގެ އެންގުމާ އެއްގޮތައް ކަރެކްޝަންސް އިން އަމަލު ކޮށް ފާރިސް މަޖިލިހަށް ހާޒިރު ކޮށްދޭނެ ކަމަށެވެ.
ނަވަމެސް، ކަރެކްޝަންސް އިން މަޖިލީހުގެ އެންގުމަށް ބެލުމެއްނެތި، ފާރިސް އަނބުރާ ގެންދިޔައީ މާފުށީ ޖަލަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން ކުށުގެ ތުހުމަތެއްގައި މެންބަރަކު ހައްޔަރުގައި ހުންނަވާއިރު ޖަލްސާތަކަށާއި ކޮމެޓީ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު އެ މެންބަރަކަށް ލިބިދެއެވެ.
ފާރިސް އަކީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މެމްބަރެކެވެ. ފާރިސް ހާޒިރުކޮށް ދިނުމުން ނޫނީ ކޮމިޓީ ކުރިއަށް ނުގެން ދިއުމަށް މިއަދުގެ ކޮމިޓީ ބައްދަލުވުން ވަނީ މެދުކަނޑާލާފައެވެ.