Advertisement
ކ. މާލެ
|
30 ޖުލައި 2017 | އާދީއްތަ 19:52
ކްލައުޑް 9 ޗޮކްލެޓްގެ ބެޗެއް ވިއްކުން ވަނީ މަނާކޮށްފައި
ކްލައުޑް 9 ޗޮކްލެޓްގެ ބެޗެއް ވިއްކުން ވަނީ މަނާކޮށްފައި
ގޫގުލް
އެފްޑީއޭ
ކްލައުޑް 9 ޗޮކްލެޓް ބެޗަކުން ސުއިއްޕެއް ފެނިގެން އެޗޮކްލެޓް ވިއްކުން މަނާކޮށްފި
އެބެޗްގެ ޗޮކްލެޓް ކެއުންވެސް ވަނީ މަނާކޮށްފައި

ރާއްޖެއަށް އެތެރެކޮށް ވިއްކާ "ކްލައުޑް 9 އޯވަލޯޑް" ޗޮކްލެޓް ބެޗަކުން މަރުވެފައިވާ ސުއިއްޕެއް ފެނިގެން އެބެޗްގެ ޗޮކްލެޓް ވިއްކުމާއި ކެއުން މަނާކޮށްފިއެވެ.

 

މިނިސްޓްރީ އޮފް ހެލްތުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އާދީއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް އެތެރެކޮށް ވިއްކާ "ޖެކް އެންޑް ޖިލް" ބްރޭންޑުގެ "ކްލައުޑް 9 އޯވަލޯޑް ބެޗް ނަމްބަރ EX 14.5.2018 BB ޗޮކްލެޓުން މަރުވެފައިވާ ސުއިއްޕެއް ފެނިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެބެޗް އަނބުރާ ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެޕްރޮޑަކްޓްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތަފާތު ބެޗްތަކުން ސާމްޕަލް ނަގައި އިތުރަށް ޗެކް ކުރަމުންދާކަމަށްވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ބުނެފައެވެ.

 

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އެޕްރޮޑަކްޓްގެ ބެޗު ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ޢާއްމުކޮށް އަންގާ އިއުލާން ކުރާ ކަމަށެވެ. އަދި އެބެޗް މާކެޓްގައި ހުރިނަމަ ރަސްމީ ގަޑީގައި އެއޮތޯރިޓީގެ 3014304 ނަމްބަރު ފޯނަށް ގުޅާ އެކަން ހިއްސާ ކުރުމަށް އެދޭކަމަށްވެސް އެއޮތޯރިޓީން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް