11 ޖެނުއަރީ 2021 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ އާރްއޭސީއެލް އަކީ 100% ދިވެހި ސަރުކާރު ހިއްސާވާ ކުންފުޏްނެކެވެ. 100% ދިވެހިން މަސައްކަތް ކުރާ މި ކުންފުންޏަކީ ސަރުކާރުން ހިންގާ އެއާޕޯޓްތަކުގައި ދޭ ޙިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަށާއި އެއަރޕޯޓުތަށް ހިންގުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ދަށްކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ ކުންފުންޏެކެވެ. މީގެ އިތުރުން ސަރުކާރުން ތަރައްޤީކުރާ އެންމެހައި އެއަރޕޯޓްތައް ހިންގައި ބެލެހެއްޓުމާއ،ި އިތުރަށް ތަރައްގީކުރުމަކީ ވެސް ކުންފުނީގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކުންފުނީގެ 3 އަހަރު ދުވަހުގެ ތާރީހުގައި ކުރި މަސައްކަތާއި އެކު މިއަދު އެ ކުންފުންޏަކީ 6 ޑޮމެސްޓިކް އެއަރޕޯޓާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ބަލަހައްޓަމުންދާ ކުންފުންޏެވެ. 400 މުވައްޒަފުންނާއި އެކު ކުންފުނިން ކުރި މަސައްކަތުން ގިނަ ކަނޑުދަނޑިތަކެއް ވަނީ ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި
• ސިވިލްއޭވިއޭޝަންގެ މިންގަނޑުތަކަށް ހުރިހާ އެއަރޕޯޓުތަކެއް ފައްތާ ސެޓްފިކެޓްތައް އާ ކުރުން
• އެއަރޕޯޓުތަކުގަ ބޭނުންކުރާ އެކްސްރޭ މެޝިންތަކުގެ މެއިންޓަނަންސް ރަގަޅުކޮށް ޑައުންޓައިމް ދަށްކުރުމަށްޓަކައި ރެޕިސްކޭން ބްރޭންޑް އޮތޮރައިޒޭޝަން ޕާޓްނަރ ކަންހޯދާ އެއަރޕޯޓުތަކުގަ މައްސަލަޖެހިފައިވާ މެޝިންތައް ބަދަލުކުރުން
• ސެކިއުރިޓީ މެޝިންތައް ބެލެހެއްޓުމަށްޓަކައި މުވައްޒަފުން ބޭރަށްފޮނުވައިގެން ތަމްރީނުކުރުން
• ސިވިލްއޭވިއޭޝަންއިން ޤަބޫލުކުރާ ފެންވަރުގެ 14 ޓްރެއިނަރުން ތައްޔާރުކުރުން
• ކުންފުނީގެ ބެލެހެއްޓުމުގެ ދަޝުން ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުން
• ހަނިމާދޫ އިންޓްނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ބިއަ މަޝްރޫޢު ފަށާ ބަލަހައްޓަމުން ގެންދިއުން
• ރާއްޖޭގެ ފުރަތަމަ ފަޔަރ ސިމިއުލޭޓަރ ހޯރަފުށީ އެއަރޕޯޓުގައި ގާއިމްކުރުން
• ކުޅުދުއްފުށި އެއަރޕޯޓުގެ ރަންވޭ ލައިޓްސް ގާއިމްކޮށް ރޭގަނޑު ފްލައިޓް އޮޕަރޭޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި 24 ގަނޑިއިރު ޙިދުމަތްދެވޭ އެއަރޕޯޓަކަށް ހެދުން
• ހޯރަފުށި އެއަރޕޯޓުގައި ރަންވޭ ލައިޓްސް ގާއިމްކޮށް ޓެސްޓިންގް ފޭސްއާއި ހަމަހަށް ދިއުން
• ކުޅުދުއްފުށި އެއަރޕޯޓްގެ ޕަސެންޖަރ ޓަރމިނަލްގެ ޙިދުމަޓްތައް ފުޅާކުރުމަށްޓަކައި ރައީސްގެ "ހަފްތާ 14 މަގުޗާޓާއި" އެއްގޮތަށް މަސައްކަތްތައްފެށުމަށްޓަކައި ބަޔަކު ހޯދުމަށްޓަކައި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އަށް ހުޅުވާލުން
• އާރްއޭސީއެލް އާއި ކުޅުދުއްފުށި ކައުންސިލާއެކު ކުޅުދުއްފުށި އެއަރޕޯޓް އިންވެގެން ކުޅި ހިމެނޭހެން އުތުރަށް އޮތް ހުސްބިމުގައި ޓުއަރިޒަމް ޒޯނެއް ތަރައްޤީކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރުން ހިމެނެއެވެ.
އާސްއޭސީއެލްގެ އަހަރީ ދުވަސް، ކުންފުނީގެ ހެޑްއޮފީހުގަޔާއި ރީޖަނަލް އެއަރޕޯޓްސްތަކުގައި ވަނީ ވަރަށް ކުލަގަނދަކޮށް ފާހަގަކޮށްފައެވެ. މީގެ އިތުރުން އެކުންފުނިން ހިންގާ އެއަރޕޯޓްތަކަށް ދަތުރުކުރި ފަރާތްތަކަށް ބުރާސްފަތި ދުވަހު ވަނީ ކުރުބާ ވެދުމަކަށް އަރުވާފައެވެ.
އަހަރީ ދުވަހާއި ގުޅިގެން މުބީން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު މުބީން ވިދާޅުވީ އެ ކުންފުނި އުފައްދައި ކުންފުންޏާއި އެއަރޕޯޓްތައް ހަވާލުކުރެވުނު އިރު އޮތީ ވަރަށް ދަށް ހާލުގައި ކަމަށެވެ. ނަމަވެސް މިއަދު ކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ކުރި ހީވާގި މަސައްކަތްތަކުން ވަނީ ވަރަށް ގިނަ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް އެއަރޕޯޓްތައް ފައްތާ ސެކިއުރިޓީގެ ކަންކަން އިތުރަށް ތަރައްޤީކޮށް އިންހައުސް ޓްރެއިން ދެވޭ ފެންވަރަށް މީހުން ބިނާކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ދަތުރު ކުރާ ފަރާތްތަކަށް ދެވޭ ޙިދުމަތްތައް ވަނީ ފުޅާކުރެވިފަވާ ކަމަށާއި އިރާދަކުރެއްވީޔާ އެއަޕޯޓްތަކުގެ ޙިދުމަތްތައް މިހާރަށް ވުރެއް ފުޅާކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ވެސް މުބީން ވިދާޅުވިއެވެ.
އާރްއޭސީއެލް އިން ބުނާ ގޮތުން ކުންފުނީގެ އާ އެމްޑީ އަހްމަދު މުބީން ކުންފުންޏާއި ހަވާލުވެވަޑައިގެންފަހުން އިތުރު ކޮމާޝަލީ ވައިބަލް ވާ މަޝްރޫޢުތަކަށް އިންވެސްޓްކޮށް ސަރުކާރުގެ މާލީއެހީއަށް ބަރޯސާވެފައި އޮތްއޮތުން ކުރިއަށް އޮތް 03 އަހަރު ތެރޭ ނިމުމަކަށް ގެނެސް ފައިދާ ނެރޭނެ ކުންފުންޏަކަށް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އާރ.ްއ.ޭސ.ީއެލްގެ އަމާޒަކީ ކުރިޔަށްއޮތް 3 އަހަރުގެ ތެރޭގައި އަމިއްލަ ފައިމައްޗަށް ތެދުވެ ކުރިމަގު އުޖާލާ ސަރުކާރަށް ފައިދާވާ އަދި ރައްޔިތުންނަށް އިތުބާރުހިފޭ ހިއްގައމު ހިދުމަތެއް ފޯރުކޮށްދިނުމެވެ.