ކ. މާލެ
|
10 ޖެނުއަރީ 2024 | ބުދަ 22:25
ދޮންއަދަރާދަ ހިނގުން ހެދުމުގެ މަސައްކަތް ކުރިއަށްދަނީ
ދޮންއަދަރާދަ ހިނގުން ހެދުމުގެ މަސައްކަތް ކުރިއަށްދަނީ
މިހާރު
ދޮންއަދަރާދަ ހިނގުން ހުޅުވާލުން
ސްޓެލްކޯއާ އިންވެގެން އޮންނަ ދޮންއަދަރާދަ ހިނގުން އާންމުންނަށް ހުޅުވާލަނީ
ދޮންއަދަރާދަ ހިނގުން ބަންދުކުރީ 2010 ވަނަ އަހަރު

ސްޓެލްކޯ އާ ޖެހިގެން އޮންނަ ދޮންއަދަރާދަ ހިނގުން ހުޅުވާލުމަށް، އެ މަސައްކަތް ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ފަށައިފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މަސައްކަތް ސްޓެލްކޯ ލއިން ފަށާފައިވާއިރު، މިހާރު އެ މަސައްކަތުގެ 40 ޕަސެންޓް ވަނީ ނިންމާފައެވެ.

Advertisement

އެކަމުގެ މައުލޫމާތު ދެއްވަމުން، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ބުދަ ދުވަހު ވިދާޅުވީ މި މަސް ނިމޭއިރު، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް އެ މަގު ހުޅުވާލާނެ ކަމަށެވެ.

އެ މަގުގައި 17 އިންޖީނު ހުރިކަން ފާހަގަކުރައްވަމުން ފަހުމީ ވިދާޅުވީ، އެ އިންޖީނުތައް ހުޅުމާލެއަށް ބަދަލުކޮށް، ޚިދުމަތް ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ތަނުން ޕަވަރ ހައުސް ނެގުމުން މި ހިސާބުގަ ދިރިއުޅޭ އާއްމުންނަށް މިހާރު އަޑުގަދަވެ ވީ އުނދަގޫތަކާ، ދުމުގެ އުނދަގުލެއް ދެން ނުވާނެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު، ހުސައިން ފަހުމީ

2010 ވަނަ އަހަރު ދޮންއަދަރާދަ ހިނގުން ބަންދުކުރީ، ސްޓެލްކޯގެ ބިމުގެ ޖާގަ ދަތިވުމުގެ ސަބަބުންނެވެ. އެގޮތުން އެތަނުގައި މިހާރު ހުންނަނީ އެ ކުންފުނީގެ ޕަވަރ ހައުސްއެކެވެ.

އެ ޕަވަރ ހައުސް އެތަނުން ނަގައި، ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް