Advertisement
ކ. މާލެ
|
6 ޖެނުއަރީ 2024 | ހޮނިހިރު 07:25
23 ވަނަ ގައުމީ ކެޑޭޓް ކެމްޕުގެ ތެރޭގައި ޑްރިލެއް ދައްކާލަނީ
23 ވަނަ ގައުމީ ކެޑޭޓް ކެމްޕުގެ ތެރޭގައި ޑްރިލެއް ދައްކާލަނީ
އެކްސްޕޯޓު އިމްޕޯޓުގެ ގާނޫނުގެ
ގައުމީ ސަލާމަތުގެ ބޭނުންތަކަށް އެތެރެކުރާ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑާލެވޭ ގޮތް ހަދައިފި
އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ އުސޫލަށް 1 ވަނަ އިސްލާހު ވަނީ ގެނެސްފައި

ގައުމީ ސަލާމަތުގެ ބޭނުންތަކަށް ރާއްޖެ އެތެރެކުރާ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑާލުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭގޮތަށް، އިމްޕޯޓު ޑިއުޓީ މައާފުކުރުމުގެ އުސޫލު އިސްލާހުކޮށްފިއެވެ.

އެގޮތަށް ކަނޑައަޅާފައި ވަނީ ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ)ން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، އިމްޕޯޓު ޑިއުޓީ މައާފުކުރުމާއި އިމްޕޯޓު ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ އުސޫލަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލުގައެވެ.

Advertisement

އެ އުސޫލުގައި ބުނެފައިވަނީ، ސަލާމަތީ ބޭނުންތަކަށް ރާއްޖެ އެތެރެކުރާ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑާލުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވާކަމަށެވެ. އެހެންނަމަވެސް ހަތިޔާރާއި ވަޒަނާއި އެތަކެތީގެ ބައިތަކުން އަދިވެސް 35 ޕަސެންޓް ޑިއުޓީ ނަގާނެކަމަށެވެ. އެހެންކަމުން އުސޫލަށް އިސްލާހު ގެނައުމާއެކު ރައީސުލްޖުމްހޫރިއްޔާއަށް ޑިއުޓީ މައާފުކުރުމުގެ އިޚްތިޔާރު ލިބެނީ އެނޫން ބާވަތްތަކުންނެވެ.

މީގެ އިތުރުން އިގްތިސާދީގޮތުން ބޭނުންތެރި މަސައްކަތަށް ގެނެވޭ ތަކެތީގެ ޑިއުޓީ މައާފުކޮށްދެވޭ މުއްދަތަށްވެސް، އާ އުސޫލުގައި ވަނީ ބަދަލުގެނެސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް