Advertisement
ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 23:20
ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު
ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު
މުހައްމަދު ޝަރުހާން
އިދިކޮޅު ގުޅިފައިވާ ޕާޓީތައް
ރައީސް ޔާމީންގެ ވެރިކަން ހިފައްޓާ ބަޔަކަށް ފުލުހުން ވެގެން ނުވާނެ: އަބްދުﷲ ރިޔާޒު
ރިޔާޒް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ
ސިޔާސީ ކަންކަމުގައި ފުލުހުން އެހީތެރިވާތީ އެކަމާ ދެރަވާކަމަށް ވިދާޅުވި
އިންސާފްވެރިކަމާއި އެކު ތާއިދުކޮށްފިނަމަ މައްސަލަ ސާބިތެއް ނުކުރެވޭނެ

ރައީސް އަބްދުﷲ ޔާމީންގެ ވެރިންކަން ދިފާއުކުރައްވާ ބަޔަކަށް ފުލުހުންގެ މުއައްސަސާވެގެން ނުވާނެ ކަމަށް ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

 

ހޮނިހިރު ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، ސަރުކާރުގެ ތިއްބެވި ސިޔާސީ ވެރިން އަންގަވާ އެންގެވުންތަކަށް ތަބާވާ ބަޔަކަށް ފުލުހުން ވެގެން ނުވާނެ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން، ފަނޑިޔާރުގެ މެދުވެރިކޮށް އެކަން ފަށާދޭ ބަޔަކަށް ފުލުހުން ވެގެން ނުވާނެ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

 

"މި ގައުމުގައި މި ހިނގާއި ކަންތަށް ތަކާއި ގުޅިގެން ހާއްސަކޮށް، އިދިކޮޅު ފަރާތަކަށް، މަޖިލީސް މެމްބަރުންނަން އަމާޒުކޮށްގެން މި ހިންގާ ކަންތަށްތަށް ފަނޑިޔާރުގެ މެދުވެރިކޮށް، ނުވަތަ އެހެންދިމާލަކަށް ކަންކަން ފަށާއިދޭ ބަޔަކީ ފުލުހުންގެ މުއައްސަސާ، އެހެންވާ ބޭނުން ނުވާ ވާހަކަ އަޅުގަނޑު އެބޭފުޅުންނަން ދެންނެވިން، އެކަންކަން ހުއްޓާދޭށޭ، އެކަންކަން ނުކުރާށޭ" އެމްއެމްއޭ ސަރަހައްދުގައި ހުންނަވާ ނޫންވެރިންނަން މައުލޫމާތު ދެއްވަމުން ރިޔާޒު ވިދާޅުވިއެވެ.

 

މިމަހުގެ 24 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގަތުމުން، އެ މެންބަރުންނަށް ހުރަސް އަޅައި ފުލުހުން ހިންގި ކަންތައްތަކާ ގުޅިގެން މަޖިލިސް މެންބަރުންތަކެއްގެ މައްޗަށް ޖިނާއީ ހަތަރު ތުހުމަތުތަކެއްކޮށް ތަހުގީގު ދަނީ ހިންގަމުންނެވެ. އެގޮތުން ރިޔާޒުގެ އިތުރުން، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) އާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާހެ މެމްބަރު މުހައްމަދު ފަލާހުގެ މައްޗަށް ވެސް ހަތަރު ތުހުމަތެއްކޮށްފައިވެއެވެ.

 

އެ މެންބަރުންގެ މައްޗަށް ކޮށްފައިވަނީ ފުލުހުންގެ ސަފުތައް ފަޅާލުމާއި، ގާނޫނީ ގޮތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމާއި ،ހުއްދަނޫން ތަނަކަށް ވަނުމުގެ އިތުރުން މާރާމާރީ ހިންގުމަށް މަސައްކަތް ކުރުމުގެ ތުހުމަތެވެ. ރަޔާޒު ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ އެ މައްސަލާއިގެ ބަޔާން ފުލުހުންނަން ދީފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިންސާފްވެރިކަމާއި އެކު ތަޙްގީގްކޮށްފިނަމަ އެއްވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ސާބިތު ނުވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

 

" ފުލުހުންނަން ވަރަށް ނަސޭހަތްތެރިވަމުން އަޅުގަނޑު ދިޔައީ ، ފުލުހުންގެ ތެރޭގައި ކުރިން މަސައްކަތްކޮށްފައިވާ މީހަކަށް ވުމުން، މިހާރު ވެސް މި ދުވަހު ހިނގާދިޔަ ކަންކަމާއި ގުޅިގެން އަޅުގަނޑުމެން ތިން މެމްބަރުން އެ ވަނީ ހައްޔަރުކޮށްފަ" ރިޔާޒު ވިދާޅުވިއެވެ.

 

ރިޔާޒު ވިދާޅުވިގޮތުގައި އޭނާ ގަބޫލުކުރައްވާ ގޮތުގައި މުހައްމަދު ވަހީދާއި، މުހައްމަދު އަމީތު އަދި ސައުދު ހުސެން އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ. އަދި އެ މެމްބަރުންގެ ގޮނޑި ގެއްލިނުކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާން ކުރުމުން،  އެކަން ބަލާއި ދިނުމަށް ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ، އެ ކޯޓުން ބަލާއި ގަނެފައިވަނިކޮށް ފުލުހުންނަން ވަހީދުއާއި އަމީތުގެ އިތުން ސައުދު ހައްޔަރު ނުކުރެވޭނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

 

ފަލާހު އާއި ރިޔާޒާއި، އިބޫގެ މައްޗަށް ތަހުގީގު ހިންގާއިރު، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިހާރު ވެސް ތިއްބެވީ ބަންދުގަ އެވެ. ފާރިސްގެ މައްޗަށް ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ޝަރީއަތް ހިންގާއިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ވެސް ދަނީ ޝަރީއަތް ހިންގަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
30 ޖުލައި 2017 | އާދީއްތަ 08:45
ކަތީބް
ފުލުހުންނަކީ މިހާރު ރައްޔިތުންގެ އެއްވެސް އިތުބާރެއްނެތް ބަޔަކަށްވެއްޖެ. ސިޔާސީ ކަންކަމުގެ ތެރެއަށްވަދެ ފުލުހުން ހަލާކުގެތެރެއަށް އެދަނީ. ސިޔާސީ އެންގުންތަކަށް އެއްގޮތަކައްވެސް ތަބާނުވުމަށް ފުލުހުންނަށް ގޮވާލަން. އަދި، ގާނޫނާއި އެއްގޮތަށް އަމަލް ކުރުމައްވެސް ގޮވާލަން.