ކ. މާލެ
|
2 ޖެނުއަރީ 2024 | އަންގާރަ 05:41
ސްޓެލްކޯއިން ކަރަންޓުގެ މަސައްކަތެއް ކުރަނީ
ސްޓެލްކޯއިން ކަރަންޓުގެ މަސައްކަތެއް ކުރަނީ
ސްޓެލްކޯ
ކަރަންޓް ކެނޑުން
ފީޑަރެއް ނިވި، މައްޗަންގޮޅިއާއި، މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ
ފީޑަރު ނިވެން މެދުވެރިވި ސަބަބު ދެނެގަނެ ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމަށް މަސައްކަތް ދަނީ ކުރަމުން

ފީޑަރެއް ނިވި، މައްޗަންގޮޅިއާއި، މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ މާލެއަށް ކަރަންޓު ފޯރުކޮށް ދެމުންދާ ފީޑަރުތަކުގެ ތެރެއިން ފީޑަރެއް ނިވި، މައްޗަންގޮޅިއާއި، މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި ފީޑަރު ނިވެން މެދުވެރިވި ސަބަބު ދެނެގަނެ ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

Advertisement

ކަރަންޓް ކެނޑިފައިވާތާ އެއްގަޑިއިރަށްވުރެ ގިނައިރުވަނީ ވެފައެވެ. ކަރަންޓް ދިޔަކަމަށް ސްޓެލްކޯއިން ޓްވީޓްކޮށްފައިވަނީ 4:43 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް