Advertisement
ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 18:02
ޒުވާނާ މަރުވެއްޖެކަމަށް ފުލުހުން ބުނީ މިއަދު
ޒުވާނާ މަރުވެއްޖެކަމަށް ފުލުހުން ބުނީ މިއަދު
ފޭސްބުކް
ބޮލަށް ވަޅިޖެހި
ބޮލަށް ވަޅިޖަހައިގެން ފަރުވާދެމުން ދިޔަ ޒުވާނާ މަރުވެއްޖެ!
ފުލުހުން ވަނީ އޭނާ މަރުވެއްޖެކަން ކަށަވަރުކޮށްދީފަ

މިމަހުގެ 27 ވަނަ ދުވަހުގެ ރޭ އިރާކޮޅު ކެފޭއެއްގެ ތެރޭގައި ބޮލަށް ވަޅި ޖަހައި ޒަހަމުކޮށްލި  ޒުވާނާ މަރުވެއްޖެއެވެ.

ފުލުހުން ވަނީ އޭނާ މަރުވެއްޖެކަން ކަށަވަރުކޮށްދީފައެވެ.

 

ހއ ތަކަންދޫއަށް އުފަން 24 އަހަރުގެ ނަދީމް އަބްދުއްރަހީމް ގެ ބޮލަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެރޭ އިރާކޮޅު 6:30 އެހާކަށްހާއިރު ލޮނުޒިޔާރަތް މަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި އިންދައެވެ.

 

މި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

 

ފަހަކަށް އައިސް މާލޭގައި ވަނީ ސިލްސިލާ މާރާމާރީތައް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ މާލޭގެ ދެ ސަރަހައްދެއްގައި މާރާމާރީ ހިންގައި ތިން މީހަކު ޒަހަމްކޮށްލާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް