Advertisement
ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 17:27
ކޯސްޓްގާޑުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން
ކޯސްޓްގާޑުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން
ގޫގުލް
ލޯންޗެއް އަޑިއަށް ދިއުން
ފަތުރުވެރިން ގޮވައިގެން ހުޅުލެއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ
ލޯންޗް އަޑިއަށް ދިޔަ އިރު އޭގައި 10 މީހުން ތިބި
ލޯންޗްގައި ތިބި ހުރިހާ އެންމެން ވަނީ އެހެން ލޯންޗަކަށް ނަގާފައި

ފަތުރުވެރިންނާއެކު ޖުމްލަ 10 މީހުން ގޮވައިގެން  ހުޅުލެއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ އެވެ. 



އެމްއެންޑީއެފްއިން ބުނީ، އެރިއަދޫ އައިލެންޑް ރިސޯޓުން ފުރައިގެން ހުޅުލެއަށް ދަތުރުކުރި މިލޯންޗު އަޑިއަށްދިޔަކަމުގެ މަޢުލޫމާތު  އެމްއެންޑީއެފަށް ލިބުނީ، ހޮނިހިރު ދުވަހުގެ 16:00 ހާއިރުކަމަށެވެ.  އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ހާބަރ ކްރާފްޓް ލޯންޗެއް ވަނީ އެސަރަހައްދަށްގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަަމށެވެ. 



މިހާދިސާ ހިނގިއިރު  ލޯންޗްގައި ޖުމުލަ 10 މީހުން ތިބިއިރު،  2 ކުޑަކުދިންނާއި 5 ފަތުރުވެރިއެއްގެ އިތުރުން ތިން ފަޅުވެރިއަކު ތިއްބެ އެވެ. މި ހާދިސާ ހިނގުމުން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށް މި 10 މީހުން ވަނީ ނަގާފައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެރިއަދޫ އައިލެންޑް ރިސޯޓުގެ މި ލޯންޗު އެރިއަދޫއަށް ގެންދިއުމުގައި ލޯންގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އަންނަނީ އެހީތެރިކަންފޯރުކޮށްދެމުންކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް