ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލި މައްސަލަ ސުޕްރީމް ކޯޓުން ވަކިގޮތަކަށް ނުނިންމައި ލަސްކުރުމަކީ ބަޔަކު ގާނޫނާއި ޚިލާފުވުމަށް ދެވޭ ފުރުސަތެއްކަމަށް ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެންބަރު އިލްހާމް ހޮނިހިރު ދުވަހު ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ، ރައްޔިތުން ތަމްސީލްކުރާ ބޭފުޅުންގެ ގޮނޑި ގެއްލުވާލި މައްސަލަ ލަސްވާތީ އެކަމާ ގިނަ ބަޔަކު ހިތާމަކުރައްވާ ކަމަށެވެ.
މައްސަލަ ލަސްވަމުންދާ ކޮންމެ ވަގުތަކީ، ކުށެއް ނެތް ބަޔަކަށް އަނިޔާ ލިބޭ ވަގުތެއްކަމަށެވެ. އަދި އޭގެން ކޮންމެ ވަގުތަކީ، ގާނޫނުތަކަށް އެބަޔަކު އަރައިގަންނަން ފުރުސަތު ލިބިގެންދާ ވަގުތުތަކެއްކަމަށް އިލްހާމް ވިދާޅުވިއެވެ.އޭގެ ނަތީޖާ އަކީ ގާނޫނު އަރާ ހަމަކުރާއިރު، އަޅާލާނެ މީހަކު ނެތި، ކުށެއް ނެތް މައުސޫމް މީހުން ޝިކާރަ އަކަށް ވެގެން ދިއުންކަން ފާހަގަކުރައްވާ އިލްހާމް ވިދާޅުވީ، އެގޮތަށް ގޮތެއް ނުނިމި ލަސްވެގެން ދިއުމަކީ ބަޔަކަށް ގާނޫނާއި ޚިލާފަށް ކަންކަން ކުރުމަށް ދެވޭ ވަގުތުތަކެއްކަމަށެވެ.
Lasvamundhaa komme dhuvahakee adhi komme vaguthakee kommeves bayaku qanoonu asaasee aai Qaanoonu thakah araiganna vagutheh. 2/4
— MP lIham ahmed (@MP_ilhamahmed) July 29, 2017
މެންބަރު އިލްހާމް އަކީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، ޕީޕީއެމްގައި ހުންނަވައި ސޮއިކުރެއްވި 10 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެ ކޯޓުން ނިންމި ނިންމުމަށް ރިއާޔަތްކޮށް، ޕީޕީއެމުން ހަ މެމްބަރަކު ވަކިކޮށްފައިވާތީ އެ މެމްބަރުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް ގާނޫނު އަސާސީގައި ބުނެފައިވަނީ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ
Lasvamundhaa komme vaguthakee kusheh neh bayakah aniya libey vagutheh. Adhi qanoonuthakah araiganna furusathu libigendha vaguthu thakeh. 3/4
— MP lIham ahmed (@MP_ilhamahmed) July 29, 2017
އިލްހާމްގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އެވެ. އިލެކްޝަންސްގެ ނިންމުން ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އޭގެ ތެރެއިން ވަހީދާއި އަމީތާއި ސައުދު އަދި ލަތީފް އެވެ.
Natheeja akee qannoonu araa hama kuraairu alhaalaane meehaku nethun.⁰Kusheh neh mausoom meehun shikaara akah vegen dhiun. Varah dhera. 4/4
— MP lIham ahmed (@MP_ilhamahmed) July 29, 2017
އެ ތިން މެމްބަރުން ވެސް މިހާރު ވަނީ ޖަލަށްލައި 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފަ އެވެ. އެއީ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަަށް އިލެކްޝަންސް އިން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ ހޯމަ ދުވަހު މަޖިލިހުގެ އިދާރާ އަށް އެ ބޭފުޅުން ވަދެވަޑައިގެންފައިވާތީ އެވެ.