ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތަހުގީގުތައް ހުއްޓާލުމަށް ބާރު އެޅުމަށް ގައުމަށް ވަފާތެރި ފުލުހުންނާއި ސިފައިން މަސައްކަތް ކުރުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ، ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ކަންކަމަށް ފުލުހުންގެ މުއައްސަސާ ބޭނުން ކުރާކަމީ އެ މައްސަަސާގެ އިތުރުން މުޅި ރާއްޖެއަށް އޭގެ ގެއްލުން ކުރާނެ ކަމެއް ކަަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތަހުގީގުތައް ފުލުފުލުން ކުރިއަށްގެންދާ އިރު އެކަން ހުއްޓާލުމަށް ބާރު އަޅައި މަޖިލީހުގެ އިދާރާއަށް ވަނުމަށް ފުރުސަތު ދިނުމަށް ގައުމަށް ވަފާތެރި ސިފައިންނާއި ފުލުހުންގެ ކިބައިން އެދޭ ކަމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
MPinge thahqeeq thah huhtalumah baaru alhai dhinumah adhi MPin Majlihah vana dhinumah qaumah vafatheri Fuluhunaai Sifainge kibain edhen. 2/2
— Mohamed Nasheed (@MohamedNasheed) July 29, 2017
ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވެފައިވަނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ގުޅިފައިވާ ބައެއް މަޖިލީސް މެންބަރުންގެ މައްސަލަތައް ފުލުުހުން ބަލަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި ބައެއް މަޖިލީސް މެންބަރުން ހައްޔަރުކޮށްފައި ވަނިކޮށެވެ. އެގޮތުން ވިލިނގިލީ ދާއިރާގެ މެެންބަރު ސައުދު ހުސައިންގެ ބަންދަށް 15 ދުވަސް ހުކުރު ދުވަހުގެ ރޭ ވަނީ ކްރިމިނަލް ކޯޓުން ޖަހާފަ އެވެ. މީގެ އިތުރުން، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އަހުމަދު ވެސް ވަނީ ހައްޔަރުކޮށްފަ އެެވެ. މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ، 24 ޖުލައި ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން މެންބަރުން ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމުގެ ތުހުމަތުގަ އެވެ.
މީގެ އިތުރުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ހިންނަވަރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި މާފަންނު ހުޅަނގު ދާިއރާގެ މެންބަރު މުހައްމަދު ފަލާހު ގެ މައްސަލައެއް ވެސް ފުލުހުން ވަނީ ބަލަން ފަށާފަ އެވެ. އަދި އެމީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ދަނީ ސުވާލުކުރަމުންނެވެ.
މި މައްސަލަަތަކުގެ އިތުރަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރުގެ މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެެވެ. ސަމީރު ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލުކުރެވެމުން ދަނީ ޖުމްހޫރީ ޕާޓީގެ އޮފީސް، މ.ކުނޫޒް ބަލާ ފާސްކުރަމުންދިޔަ އިރު ފުލުހުންގެ މަސައްކަތައް ހުރަސްްއަޅައި ކޯޓުން ފުލުުހުންނަށް ދިން އަމުރު ތަންފީޒު ކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގަ އެވެ.
RYameen ge siyaasee kankamah Fuluhunge muahsasaa beynun kuraakamee emuvahsasaa ashaa Raajje ah gehlun libeyne kameh. 1/2
— Mohamed Nasheed (@MohamedNasheed) July 29, 2017
މީގެ އިތުރުުން، ރިޝްވަތުގެ މައްސަލަތަކަކާ ގުޅިގެން، ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓުގައި މިދުވަސްވަރު ކުރިއަށްދެ އެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރުގެ މައްޗަށް ޝަހްސު އޮޅުވާލި މައްސަލަގައި ޝަރީއަތް ނިމެންދެން ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުނު ހިސާބުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ވަނީ ގެއްލިފަ އެވެ. އަދި ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް އިދިކޮޅު ފަރާތްތަކާ ގުޅުނެވެ.
މިއާ އެކުމަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން، ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅާދިނުމަށް ބަންޑާރަނައިބު ސުޕްރީމް ކޯޓުގައި އެދުނެވެ. އަދި ސުޕްރީމް ކޯޓުންވަނީ، އެފަދަ ހުކުމަށް ނެރެފަ އެވެ.